ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ނުފޫޒާއި ބާރު ބޭނުންކޮށްގެންވެސް ހޯދުނީ 48 އިންސައްތަ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރައިދޫ ބައި އިލެކްޝަންގެ ނަތީޖާއިން އެނގިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެކަން ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެނޑިޑޭޓަށް ގުރައިދޫ ބައި އިލެކްޝަން ކާމިޔާބު ކުރެވިފައިވާއިރު، އެ ކާމިޔާބީ ހާސިލު ކުރެވިފައިވަނީ ނުފޫޒުގެ ބޭނުންކޮށްގެންކަމަށް އިދިކޮޅާއި އެހެނިހެން ޕާޓީތަކުންވެސް ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން ކިއުގައި އިތުރަށް ވޯޓު އަޅާނެ ބަޔަކު ނެތް އިރު، އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރުކޮށްފައިވާކަމަށާއި އެކަން ކުރުމުގެ މަގުސަދަކީ ވޯޓު އޮޅުވާލުންކަމަށް ބައެއް ފަރާތްތަކުންދަނީ ފާހަގަކުރައްވަމުންނެވެ.

ޝިޔާމް ވިދޅާުވީ، ގުރައިދޫ ބައި އިލެކްޝަނުން ބޮޑު ހަގީގަތެއް ބުނެދޭކަމަށެވެ. އަދި އެއީ އެންމެހާ ބާރާއި ނުފޫޒު އޮތް އިރުވެސް ސަރުކާރަށް ލިބުނީ 48 އިންސައްތަކަންކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، އެކަމުގެ ސަބަބުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެކަން ކަށަވަރު ކުރެއްވޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް އުންމީދު އިތުރުވެގެންދާކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމްގެ ނުރުހުންވުން ފާޅުކުރެއްވިއިރު، ގުރައިދޫ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފުރަތަމަ ފަހަރަށެވެ. ރައީސް ސާލިހުވަނީ އެއީ ބޮޑު ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށް ތާއީދު އޮތްކަން ދޭހަވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: