ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް އަދުރޭ ދެއްކި ވާހަކަތައް ޕީޖީ އޮފީހުން ދޮގުކޮށްފި

ޕީޕީއެމް އިން ބޭއްވި "ދުއްޕާން ޖަލްސާ" ގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަ؛ލްގެ އޮފީސް (ޕީޖީ އޮފީހުން) ބުނި ކަމަށް  ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކި ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅުންހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން އިދިކޮޅު ލީޑަރޝިޕް އިން ވަނީ ޕީޖީ އޮފީހާ ބައްދަލުކޮށްފައެވެ. އެބައްދަލުވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޕީޖީގެ ވާހަކަތަކުންވެސް ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުން ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދުދީ ޕީޖީ އޮފީހުގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ އިދިކޮޅާއެކު ބޭއްވި ބައްދަލުވުމަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ލީޑަރޝިޕުން އެދިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އަދި އިދިކޮޅުން ހުށަހަޅާފައިވާ ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުން ވެސް އެދޭގޮތް ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި ހުށަހެޅުންތައް ލަސްވެފައިވުމުން ކަމަށެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް މައްސަލައިގައި އަވަހަށް ހުކުމެއް ކުރުމަށް ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ކޮންމެ ކަމެއްގައި ޕީޖީން އެއްބާރުލުން ދޭނެ ކަމަށްވެސް ބައްދަލުވުމުގައި ދެންނެވި ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުގެ ނުފޫޒާއި ބެހޭ ގޮތުން އިދިކޮޅުން ދެއްކި ވާހަކައަކީ އިދިކޮޅު މެމްބަރުން އަމިއްލައަށް ދެއްކި ވާހަކައެއް ކަމަށާއި އެކަމަކީ ޕީޖީ އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ އެކަމުގައި ޕީޖީ އޮފީހަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: