ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނާއި ނާސިރުގެ ހާރިޖީ ސިޔާސަތުތައް އެ ޒަމާނަށް ކަމުދިޔަނަމަވެސް މިޒަމާނަކަށް ނުފެތޭ: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް މައުމޫން އާއި ނާސިރުގެ ހާރިޖީ ސިޔާސަތުތަކަށް ތައުރީފު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައިވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސް ސާލިހު ގެންގުޅުއްވާފަދަ ހާރިޖީ ސިޔާސަތެއް ނުގެންގުޅުއްވާނެކަން ހާމަކުރައްވާފައެވެ. އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފްވަނީ ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތުތައް ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫން އަދި ނާސިރު ދައުރުގައި ގެންގުޅުއްވީ ސިޔާސަތުތައް އެ ޒަމާނަށް އެކަށީގެންވާކަމަށް ވެދާނެކަމަށެވެ. އެހެންނަމަވެސް މިހާރު ގެންގުޅެންޖެހެނީ ބަދަލުވަމުންދާ ޒަމާނާއިއެކު މިހާރަށް ފެތޭ ސިޔާސަތުތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސިޔާސަތުތައް ބިނާކުރެވިފައިވާންޖެހެނީ ދިވެހިރާއްޖޭގެ އިގްތިސާދާއި މަސްލަހަތު އަދި މިނިވަންކަމާއި ސަރަހައްދީ ރައްކައުތެރިކަންވެސް ރައްކައުތެރި ކުރެވޭނެ ގޮތެއްގެ މައްޗަށްކަމަށެވެ.

 

ރާއްޖެއަކީ ކުޑަ ގައުމެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ގައުމުތަކުގެ ހާރިޖީ ސިޔާސަތުތައް ބިނާވާންޖެހެނީ ބައިނަލްއަގުވާމީ މުޖުތަމައާއި ގާތް ގުޅުންތަކެއް ބޭއްވޭ ގޮތަކަށް ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކާއި ރާއްޖޭގެ އަވައްޓެރި ގައުމުތަކާއި އެ ގުޅުން އޮންނަންޖެހޭކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އެކަން ކުރަން ޖެހެނީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ސަރަހައްދީ ރައްކައުތެރިކަންވެސް ކަށަވަރުކުރުމުގެ ގޮތުންކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކާއި ގުޅުންތައް ބޭނުންކުރެވިގެންދާނީ ރާއްޖޭގެ ސަލާމަތީކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި އިގްތިސާދު އިތުރަށް ފުޅާކުރުމުގެ ގޮތުންކަމަށެވެ. އަދި އޭގެ އިތުރުން އެހެނިހެން ގައުމުތަކާއި ގުޅުންތައް އުފެއްދުމާއި ގައުމުތަކުގެ ދެމެދު ކުރިމަތިވާ މައްސަލަތައްވެސް ހައްލުކުރުމުގައި އެ ގުޅުންތަކާއި ސިޔާސަތުތައް ބޭނުންކުރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ހާރިޖީ ސިޔާސަތުތަކުގެ ދަށުންކުރާ މަސައްކަތްތަކަށް ބަލާއިރު، ރައީސް ސާލިހުވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތަކުގެ ދަށުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އޮންނަ ގަދަރު އިތުރުވެ މައްސަލަތައް ހައްލުކުރުމުގައިވެސް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: