ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވެރިކަމަށް ގެންނަން ދައްކަން ޖެހުނު ކޮންމެ ވާހަކައެއް ދައްކާނަން: އާދަމް ޝަރީފް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީީގެ ނައބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް ދައްކަން ޖެހުނު ކޮންމެ ވާހަކައެއް ދައްކާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީއާއި ލީޑާރޝިޕް ބައިބައިކޮށް، ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސްކުރުމުގެ ނިޔަތުގައި ކުރަމުންދާ މަސައްކަތް ކާމިޔާބުނުވާނެކަމަށެވެ.

ރައީސް ޔާމީން މިނިވަންކޮށް ޕީޕީއެމް/ޕީއެންސީ ގެ ވެރިކަމެއް ގެނައުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، އަދި ދައްކަންޖެހުނު ކޮނެމް ވާހަކައެއް ދައްކާނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ

އެކި ފުރުސަތުތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލަމުންދާ އާދަމް ޝަރީފް ވަނީ މީގެ ކުރިން މި ރަމަޟާން މަސް ފެށުނުއިރުވެސް ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނަވަން ޖެހުނީތީ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.

ބަދަލު ހިފުމާއި ސިޔާސީ ބޭނުމުގައި ސަރުކާރުން ރައީސް ޔާމީން އަށް ދެމުންދާ އަނިޔާއިން ހާމަވަނީ ސަރުކާރުގެ ޖައްބާރުކަމާއި، ރަހުމު ކުޑަކަންކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެކަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ކަރުދާހުގައި އޮންނާނެއެވެ. އަދި ރިޔާސީ އިންތިހާބަށް ވާއިރަށް ރައީސް ޔާމީން މިނިވަންކުރެވޭނެކަމުގެ ޔަގީންކަން އިދިކޮޅަށް އެބައޮތެވެ.

ރައީސް ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. ރައީސް ޔާމީން މައްޗަށް ހުކުމް ކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަ ކުރިކަމުގެ ކުށް ސާބިތުވެގެންނެވެ.

ޝަރުއީ ކޯޓުތަކުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކޮށް ހުކުމް އިއްވި ނަމަވެސް، އިދިކޮޅުން ބުނަމުން ދަނީ އެއީ ބާތިލް ހުކުމެއްކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ކޯޓުތަކަށް އަތް ބާނާގެންކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: