ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ އަލިފުށީ ޓިވެޓު ސެންޓަރު އިމާރާތްކުރުމުގެ ބޮޑު ބައި ނިމިއްޖެ: ހަޔަރ އެޑިއުކޭޝަން

އަލިފުށީގައި ގާއިމު ކުރާ ޓިވެޓު ސެންޓަރު: ފޮޓޯ/ ހަޔާރ އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ އަލިފުށީގައި ހަޔަރ އެޑިއުކޭޝަނުން އިމާރާތްކުރަމުންދާ ޓިވެޓު ސެންޓަރު އިމާރާތްކުރުމުގެ ބޮޑު ބައެއް ނިންމާލެވިފައިވާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަނުން ހިއްސާކޮށްފައިވާގޮތުން، ޓިވެޓު ސެންޓަރު ބިނާ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތަރައްގީކުރަމުންދާ ތިން ބްލޮކުގެވެސް ކޮންކްރީޓު އެންމެހާ މަސައްކަތްތައްވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު ކުރަމުންދަނީ ރޭނުމުގެ މަސައްކަތްތައްކަމަށާއި އެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، މިހާރު ކުރަމުންދަނީ ސެންޓަރު ހިންގަން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، އެހެނިހެން އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށައި އޭގެ އިތުރުން ވޯލްޑު ބެންކުގެ އެހީގައި އެންމެ ފަހުގެ އައިސީޓީ ލެބޯރަޓޯރީ ވޯކްޝޮޕަށް ބޭނުންވާ ވަސީލަތްތައްވެސް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނެފައިވާގޮތުން، ޓިވެޓު ސެންޓަރުގައި އޮޑި ދޯނިފަހަރު ފަރުމާ ކުރުމާއި ގުޅުން ހުރި ހާއްސަ ކޯސްތަކާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތުކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ. އަދި އެ ސެންޓަރުގައި ހާއްސަ ވޯކްޝޮޕް ޖާގަ އާއި މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް، މި ތަނުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްހިމެނޭހެން ރެކްރިއޭޝަން ބޮލޮކެއްވެސް ހުންނާނެކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: