ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބިނާކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީހުން ބިނާކުރުމުގައި މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މިސަރުކާރުން މި ކުރާ މަސައްކަތްތަކަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށްވުރެ މުހިއްމު އަދި ގިނަ މަސައްކަތްތަކެއްކަމަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަޅުގަނޑުމެން މިކުރާ ގިނަ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓކައި. ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި. ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި. ދަތި އުނދަގޫ ދުވަސްވަރުގައި ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިއައީ

ވަޒީފާގެ މަސައްކަތުގެ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި ޕޮލިޓެކްނިކުން ކުރަނީ އެމަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ސަރުކާރުގެ ތަފާތު ޕޮލިސީތައް ވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށެވެ.

  ކޮވިޑުގެ އާލިމީ ވަބާއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ޚާއްސަކޮށް ސްކިލްޑް މީހުންނާއި ސެމީ ސްކިލްޑް މީހުން ރާއްޖެ ދޫކޮށްލާފައި ދިއުމުން އަޅުގަނޑުމެން ތައާރަފްކުރި ސްކިލްސް ފޯ ރެޒިޑެންސް ވޯކް ފޯސްގެ ސްކީމުގެ ވާހަކަ. ދަރިވަރުންނަށް ހިލޭ ކިޔަވައިދިނުމުގެ އިތުރަށް ޕޮކެޓު މަނީއެއް ދީގެން ފަތުރުވެރިކަމާއި އައިސީޓީގެ ދާއިރާއިން އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން ކޯސްތަކަށް ދަރިވަރުން އެޓްރެކްޓު ކުރުވާ އެކުދިންނަށް މަސައްކަތުގެ ދާއިރާއަށް ނެރެދިނުމުގެ މާތް މަގުސަދު.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން އެބަތިބިކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ނަމަވެސް ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްތައް ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިއްމު ކަމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމައްޓަކައި ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ، ރ. އަލިފުށި، ނ. ކެނދިކުޅުދޫ،ހއ. ދިއްދޫގެ މަސައްކަތްތައް ފެށިފައިވާކަމަށާއި އެރަށްރަށުގެ ރައްޔިތުންނަށް މިހާރު އެމަސައްކަތްތައް ފެށިފައިވާ ކަމުގެ އިހުސާސް ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: