ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 ފަރާތަކަށް މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝާނުން މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 7 ފަރާތަކަށް ދީފިއެވެ.

ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލާޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް އެ މިނިސްޓްރީއިން ވަނީ އިޢުލާންކޮށްފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު އެ ވުޒާރާ އިން ހުޅުވާލެއްވި ފުރުސަތެކެވެ.

މި ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތަށްފަހުއެވެ.

ސްކޮލަރޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ ހިމެނޭ ކަމަށެވެ. އަދި ގައިނަކޮލޮޖީ އާއި ޖެނެރަލް ސަރޖަރީ ވެސް ހިމެނެއެވެ.

މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ދީފައިވާއިރު، މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާޙިމް ހަސަން ވިދާޅުވެފައިވަނީ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން، ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށެވެ.

މީގެ އެންމެ ބޮޑު ބޭނުމަަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ވެސް ސްޕެޝަލިސްޓް ހިދުމަތް ފުޅާކުރުން ކަމަށާއި މި ސްކޮލަރޝިޕް ސަރުކާރުން ފަހިކޮށްދެނީ، އެނބުރި ގައުމަށް އައިސް ހެލްތު މިނިސްޓްރީގެ ދަށުން ރައްޔިތުންނަށް ޙިދުމަތްކުރުމުގެ ބޮންޑެއްގައި ކަމަށެވެ.

އަމިއްލަ ރަށުގައި ނުވަތަ އެ ސަރަހައްދެއްގައި ތިބެގެން ފަސޭހައިން ލުއިކޮށް ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން މިއީ މިކަމުގެ އެންމެ ބޮޑު އެއް ބޭނުންކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް ފުރުސަތަށް 49 ޑޮކްޓަރަކު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ފުރުސަތު ލިބޭ ޑޮކްޓަރުން ކަނޑައަޅުއްވާފައިވަނީ މާކްސް ދޭ ހާއްސަ އުސޫލެއްގެ ދަށުންނެވެ. ސްކޮލަރޝިޕަށް ހޮވުނު ޑޮކްޓަރުން، އެކަން އަންގަވާތާ 10 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފައްޓަވަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕްގައި ކޯސް ފީއާއި، ޓިކެޓާއި ބުކް އެލަވަންސް އަދި ވިސާ، އިންޝުއަރެންސްގެ ހަރަދު ވެސް ބަލަހައްޓާނީ ދިވެހި ސަރުކާރުންވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: