ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލޭ ޑިގްރީއަށް ކުރިމަތިލެވޭނީ ފަސްޓް ޑިގްރީއެއް ނެތް، ފުލްޓައިމް ދަރިވަރުންނަށް

ދަރުބާރުގޭގައި ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ހިލޭ ޑިގްރީ އުސޫލަށް ގެނައި ބަދަލާއި އެކު ދެން ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އަތުގައި ޑިގްރީ އެއް ނެތް ނުވަތަ ޑިގްރީ އެއް ހާސިލްކޮށްފައިނުވާ މީހުންނަށެވެ.

މީގެ އިތުރުން ހިލޭ ޑިގްރީ ހާސިލްކުރުމަށް އެދި ކުރިމަތިލާ ދަރިވަރު ނުވަތަ މީހާ ވާންޖެހޭނީ ފުލްޓައިމް ދަރިވަރަކަށެވެ.

ހިލޭ ޑިގްރީ އަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި އުމުރުން 50 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން ހިމެނެއެވެ. އަދި ސަރުކާރުގެ ހަރަދުގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފެށިނަމަ، މަގްބޫލް އުޒުރެއް މެދުވެރިވެގެން ނޫން ގޮތަކަށް ކިޔެވުން ހުއްޓާލާފައި ނުވުން ހިމެނެވެއެވެ.

2020 ވަނަ އަަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޝާއިއުކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ފަރާތްތަކާއި މެދުގައާއި ހިދުމަތް ނުކުރާ ފަރާތްތަކާ މެދު އަމަލުކުރާނެ އުސޫލު ގައިވާ ގޮތުގެ މަތިން އެޅި ފިޔަވަޅެއް ތަންފީޒް ކުރަމުންދާ ފަރާތެއް ކަމުގައި ނުވުމަކީ ވެސް ހިލޭ ޑިގްރީ އަށް މީހުން ނެގުމުގައި ބަލާނެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ އުސޫލުގެ ދަށުން، ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ހަރަދު ކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވެ.

އެގޮތުން ސަރުކާރުން ހަރަދު ކުރާނީ ޕްރޮގްރާމް ފީ ދިނުމަށް ސަރުކާރުން ކަނޑައަޅައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އިއުލާންކޮށްފައިވާ ދާއިރާތަކަށް ކަނޑައަޅާފައިވާ މިންވަރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: