ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޓްފިކެޓު ގަންނަ މައްސަލައިގައި މިނިސްޓަރު: ޝަރަފާއި ގަދަރު ފައިސާއިން ނުގަނެވޭނެ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން... ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރަފާއި ގަދަރާ އިހްތިރާމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ފޭކް ސަނަދުތައް އާއްމުވެފައިވާތީ އެކަމާއި ގުޅިގެން ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ. އެގޮތުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފައިސާ އަށް ޕީއެޗްޑީ ގަންނަ ކަމަށް ސްރީލަންކާގެ ކޮލެޖަކަށް ވަނީ ތުހުމަތު ތަކެއް ކުރެވިފައެވެ.

ސްރީލަންކާގެ އެއިމްސް ކޮލެޖުން ހާސިލްކޮށްފައިވާ ޕީއެޗްޑީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލު ނުކޮށް ސިވިލް ކޯޓަށް މައްސަަލައެއް ވަނީ ހުށަހަޅާފައެވެ.

ސްރީލަންކާގެ އެއިމްސް ކޮލެޖުން  ޕީއެޗްޑީ ސެޓްފިކެޓް ވިއްކާ ކަމަށް ތުހުމަތު ކުރެވޭއިރު އެ ކޮލެޖުން ޕީއެޗްޑީ އެއް ވިއްކަނީ 10000 ޑޮލަރަށް ކަމަށް ބައެއް އާއްމު ފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މަތީތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ އެމްކިއުއޭ އަށް ގާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާއެކެވެ. އެހެންކަމުން ދަރިވަރުން ހާސިލްކުރާ ސަނަދުތަކަކީ އެމްކިޔުއޭ ގަބޫލުކުރާ ސަނަދެއްތޯ ބެލުމަށް އަބަދުވެސް އެއިދާރާއިން ވަނީ މީގެ ކުރިން އިރުޝާދު ދީފައެވެ.

ޝަރަފާއި އިހުތިރާމް އަދި ގަދަރަކީ އެއްވެސް މީހަކަށް ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަން ފާހަގަކޮށް މިނިސްޓަރު ޓުވީޓު ކުރެއްވީ ޕީއެޗްޑީ ސެޓްފިކެޓު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. ޓުވީޓެއް ކުރައްވައި ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަގާމާއި ހައިސިއްޔަތު ބޭނުންކޮށްގެން އެފަދަ ޝަރަފެއް ވެސް ނުހޯދޭނެ ކަމަށެވެ.

ސެޓްފިކެޓު ގަންނަ މައްސަލައެއް އާއްމުންގެ ތެރޭގައި ދެކެވި، ސަރުކާރުން ވެސް މި މައްސަލައިގައި ބަހެއް ބުނީ ޕީއެޗްޑީ ހާސިލު ކުރުމުން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެ ބަލައިނުގަތް މައްސަލައިގައި ބަޔަކު ކޯޓަށް ދިޔަކަން މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ. ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައަކީ މި އަހަރުގެ މެދެއްހާ ހިސާބުގައި ހުށަހަޅާފައިވާ މައްސަލައެކެވެ. ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައި ވަނީ ޕީއެޗްޑީ ސެޓްފިކެޓު ބަލައިގަތުމަށް އެމްކިއުއޭގެ މައްޗަށް އަމުރު ނެރެދިނުމަށެވެ. މައްސަލަ މީޑިއާތަކާއި ހަމައަށް އައީ، ކޯޓުގައި އަޑުއެހުންތައް ވެސް ފެށިފަހުންނެވެ.

މި މައްސަލައިގައި އެމްކިއުއޭއިން ބުނީ ރާއްޖެއިން ބޭރުން ހާސިލު ކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ހުށަހަޅައިގެން އެ އޮތޯރިޓީ ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑުޖަހައި ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުން ވަޒީފާ ދިނުމުުގައި ބަލައިގަންނާނީ އެމްކިޔުއޭ ގަބޫލުކޮށްފައިވާ ސަނަދު ކަމަށްވާތީ ސަނަދުތައް ބަލައިގަންނަތޯ ސަމާލުވުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.

ކޯޠުގައި ކުރިޔަށް ދާ މައްސަލައަކީ ކޮލެޖަކުން ތައުލީމު ހާސިލުކުރި ކޯހެއްގެ މައްސަލައެކެވެ. ނަމަވެސް މިއާއި އެކު ދެން ފެންމަތިވީ އެހެން މައްސަލަތަކަކީ، ފައިސާ ދައްކައިގެން ޕީއެޗްޑީ ގަންނަކަމަށް ބުނާ ވާހަކަތަކެކެވެ. އަދި އެ މީހުން ތީސިސްއެއް ހުށަހަޅާކަށް ނުޖެހެކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: