ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރުދުވަސް: އިސްލާމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރުދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އިސްލާމީ ހުރިހާ ގައުމަކަށްވެސް ޝައްވާލް މަހުގެ ހަނދު ފެންނަން ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ އިލްމުން އެނގޭ ކަމަށާއި ބައެއް އިސްލާމީ ގައުމުތަކަށް ހަނދުފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިިނިސްޓްރީން ބުނީ މޫސުންތަންދޭ ނަމަ މާދަމާ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލޭގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒު މައިދާނާއި ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1 ގައި ސިންތެޓިކް ޓްރެކް ސަރަހައްދު، ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.

ވިލިމާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށްހަމަޖެހިފައިވަނީ ބޯޅަދަނޑުގައެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: