ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ އާ ދެކޮޅަށް ސާބިތުވެ ތިބޭތި: ރައީސް ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ސާބިތުވެ ތިބުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި އަދި ގައުމުގެ ހައްދުގައި ދިވެހި ރައްޔިތުން އަދި މުއައްސަސާތަކުން ނަހަމަ ސިޔާސީ ނުފޫޒު ތަކާއި ނުހައްގު އަނިޔާތަކާ ދެކޮޅަށް ސާބިތުވެ ތިއްބެވުމަށް ޔާމީން އެދިވަޑައިގެންނަވާ ކަމަށެެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހުސްވި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވ އާރަަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައެވެ.

ރައީސް ޔާމީންގެ ހުުކުމް ހައިކޯޓްގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދި މިހާތަނަށް ފެށިފައެއް ނުވެއެވެ. ވ އާރަށުގެ މައްސަލައިގެ އިތުރުން ރ ފުއްގިރި މައްސައިގައިވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައެވެ. ފުއްގިރި މައްސަލައިގައި ވެސް ދައުވާ ކުރަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: