ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންނަށް ވާދަކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން އިލެކްޝަންސްއިން ނިންމަންވެއްޖެ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމާއިމެދު ސުވާލު އުފެދިފައިވާއިރު، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއްގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި ވާއިރު، އިންތިހާބުތަކުގައި ކުރިމަތިލެވޭނެކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާއިރު، އެމަނިކުފާނު ވަނީ އެ ހުކުމް އިސްތިއުނާފުކުރައްވާފައިކަަމަށެވެ. އަދި އެ މައްސަލައިގައި ނިހާއީ ހުކުމަކާއި ހަމައަށް ވާސިލުވެވިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ހާލަތުގައި ރައީސް ޔާމީންއަށް ކުރިމަތިލެއްވޭނަކަމާއިމެދު އިލެކްޝަންސް ކޮމިޝަނުން ގޮތް ނިންމުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުން މިހާރު އިދިކޮޅު ކޯލިޝަން އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުރިއަށް ދެވޭނީ ރައީސް ޔާމީންގެ ކެނޑިޑަސީ އާއިމެދު ގޮތް ނިންމުމުންކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީންއަށް ކުރިމަތިލެއްވިދާނެކަމަށް ވިދާޅުވެ އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު އުންމީދުތަކެއް ދެއްވަމުންދާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސްއިން ” ޑެފިނިޓިވް” ގޮތެއް ކަނޑައަޅަން ޖެހިފައިވާކަމަށެވެ. އަދި މި މައްސަލައިގައި ލަސްވުމެއް ނެތި ގޮތް ނިންމަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: