ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވައްސާ އެކު ދިވެހިންގެ މަސްކަނޑު ސިއްރުސިޓީ އަކުން ދޫކޮށްލުމަކީ ގައްދާރުވުުން: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަޝް އަށް ފޯޅަވައްސާ އެކު ދިވެހިންގެ މަސްކަނޑާ އެކަނޑު އަޑީގެ ހަަޒާނާތަކާއެކު ސިއްރު ސިޓީ އަކުން ދޫކޮށްލުމަކީ ގައުމަށް ގައްދާރުވުުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތި ކުރިޒަމާނުގައި މޮރިޝަޝް އޭ ކިޔާ ގައުމެއް ދުނިޔޭގައި ނޯންނަކަމަށެވެ. މޮރިޝަސްއަކީ ކުރީޒަމާނުގައި ދިވެހި އޮޑިފަހަރު ޒަންޒިބާރަށް ދާ މަގުމަތީ ގަދަވެގެން ޖައްސާ ދިނާރުބޯ ކިޔާ އެފްރިކާގެ ފަޅުރަށެއްކަމަށް އިބްރަީމް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ފަހުގެ ތާރީހެއްގައި ލަންދޭސީ މޮޮރީސްގެ ނަމުން އުފެއްދި އެފްރިކާގެ (މޮރިޝަޝް) އޭ ކިޔާ ގައުމަށް ފޯޅަވައްސާ އެކު ދިވެހިންގެ މަސްކަނޑާ އެކަނޑު އަޑީގެ ހަަޒާނާތަކާއެކު ސިއްރުސިޓީ އަކުން ދޫކޮށްލުމަކީ ގައުމަށް ގައްދާރުވުުންކަމަށް އިބްރަހީމް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ލަސްނުކޮށް ”ފޯޅަވަހި ސިއްރު ސިޓީ“ އަނބުރާ ގެނައުމަށް އޭނާ ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލާފައެވެ.

ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށައަޅާފައިވާއިރު، ޕެޓިޝަންގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާކަމަށް ފާހަގަކުރެވެނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްކަމަށްވާ ކެނދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސްވަނީ މި ޕެޓިޝަނުގައި ސޮއިކުރައްވާފައެވެ. ޗާގޮސްގެ މައްސަލައިގައި ދައުރުކުރަމުންދާ ޕެޓިޝަންގައި ބުނެފައިވާގޮތުން، ޕެޓިޝަން ކޮމިޓީއަށް މި ހުށައެޅުން ފޮނުވާފައިވަނީ އެކަން ކުރުމަށް މަޖިލީހުގެ ގަވައިދު ތަންދޭތީއެވެ.

ޕެޓިޝަނުގައި ބުނެފައިވާގޮތުން ފޯޅަވައްސަކީ ގަދީމީ ޒަމާނުއްސުރެ ދިވެހިންގެ މިލްކެކެވެ. އަދި 1573 ވަނަ އަހަރުގެ ތެރޭގައި 9 ވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅަކުންވެސް އެކަން ސާބިތުވާކަމަށް ބުނެފައިވެއެވެ. ޕެޓިޝަންގައި ބުނެފައިވާގޮތުން ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިންނަށް ހައްގުވާ އެ ސަރަހައްދުގެ ރަށްތައް ހޯދުމަށްޓަކައި އދ ގައި ރަޖިސްޓްރީ ކުރުމަށްވެސް ހުށައަޅާފައެވެ.

އެހެންނަމަވެސް ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިއްރު ސިޓީއާއިއެކު، ރައީސް ނަޝީދު ހުށައަޅުއްވާފައިވާ ލިޔެކިއުންތައް ބާތިލުވެ ދިވެހި ކަނޑުގެ ސަރަހައްދާއި އަޑީގައިވާ މައުދަނުތައް ފަދަ ވަސީލަތްތަކުން ރައްޔިތުން މަހުރޫމުވެގެންދާކަމުގެ ބިރު އޮތްކަމަށް ބުނެފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވާގޮތުން އެކަމުގެ ސަބަބުން މަސްވެރިކަމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެއެވެ. ލިޔުމުގައިވާގޮތުން ސަރުކާރުގެ ނިންމުމަކީ މަކަރުވެރި ނިންމުމެކެވެ. އަދި އެކަމުގެ ސަބަބުން ދިވެހިން ޔޫރަޕަށް ބޭރު ކުރާ މަހުގެ މޮނޮޕޮލީ މޮރިޝަސްއަށް ލިބިގެންދާކަމަށާއި އެހެންކަމުން ރައީސް ސާލިހު ދިވެހި ރައްޔިތުންނަށް ސިއްރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށާއި މި ކަމުގެ ތެރޭގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ 500 މިލިއަން ޑޮލަރުގެ މާލީ މުއާމަލާތެއްވެސް މިނިވަންކަމާއިއެކު ތަހުގީގު ކުރުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: