ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑު ގަދަ ކުރާތީ ޖާބިރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތަޅުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމަށްފަހު ނެރިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއިއެކު، ފެނިގެންދިޔައީ މެމްބަރު ޖާބިރު ތަޅުމުގެ ތެރޭގައި ކޮޅަށް ހުންނަވައިގެން އަޑު ގަދަ ކުރައްވަމުންދިޔަ މަންޒަރެވެ. އޭނާ ނުރުހުން ފާޅުކުރައްވަމުންދިޔައީ ކޮން ކަމަކާއި ގުޅިގެންކަން ސީދާ ސާފު ނުވެއެވެ. އެހެންނަމަވެސް އަޑުގަދަ ކުރައްވަމުންދިޔައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވުމަށްޓަކައި އެޖެންޑާ ކުރެވިފައިވާ ކަންކަން ހިއްސާކުރެއްވުމަށް މަސައްކަތްކުރައްވަނިކޮށެވެ.

ވީޑިއޯއިން ފެނިގެންދިޔަ ގޮތުން ޖާބިރު ނުރުހުން ފާޅުކުރެއްވިއިރު، ރައީސް ނަޝީދުވަނީ ހަމަޖެހިވަޑައިގަތުމަށް ވަގުތު ކޮޅެއް ދެއްވާފައެވެ. އެހެންނަމަވެސް މަޖިލީހުގައި ހަމަޖެހުން ގާއިމުކުރުމަށް ދަތިވެވަޑައިގަތުމުގެ ސަބަބުން ރައީސް ނަޝީދުވަނީ ޖާބިރު ތަޅުމުން ބޭރަށް ވަޑައިގަތުމަށް އިރުޝާދު ދެއްވާފައެވެ.

ޖާބިރު އަމިއްލައަށް ތަޅުމުން ނުކުމެވަޑައިގެންނެވި ނަމަވެސް، އެނާ ވަޑައިގަތީ މަޖިލީސް ސެކިއުރިޓީ މުއައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

މަޖިލީސް ދޫކުރެއްވުމަށް ޖާބިރަށް ޖެހިވަޑައިގަތްއިރު، މަޖިލީހުގައި ސުވާލުތަކަށް ޖަބާދެއްވުމަށްޓަކައި އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ހާޒިރުވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: