ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ޗާގޮސްގެ މައްސަލައިގައި އިޓްލޮސްއަށް ސިޓީއެއް ފޮނުވައިފި!

އިދިކޮޅުން އެމްއެމްއޭގެ ގަވަނަރާ ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ޗާގޮސްގެ މައްސަލައާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އިންޓަރނޭޝަނަލް ޓަރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އާންމުކޮށްފައިވާ ސިޓީގައި ބުނެފައިވާގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެއްވުމުގެ ގާނޫނީ ހައްގު ލިބިވަޑައިގެން ނުވެއެވެ. އެހެކަންމުން އެފަދަ ނިންމުމެއް ނިންމާފައިވާނަމަ އެއީ އެމަނިކުފާނަށް ލިބިވަޑައިގެންވާ ބާރުތަކުގެ ބޭރުން ކުރައްވާފައިވާ މުއާމަލާތެއްކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވާގޮތުން، ރައީސް އަށް ލިބިވަޑައިގެން ނުވާ ބާރެއްގެ ދަށުން މުއާމަލާތެއް ހިންގާފައިވާނަމަ، އެއީ ސައްހަ މުއާމަލާތެއް ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެއެވެ. އަދި އެފަދަ ނިންމުމެއް ނިންމެވޭނެ ގޮތްތަކެއް ގާނޫނުގައި ފަހިވެފައިވާނަމަވެސް، ކެބިނެޓު އަދި ރައްޔިތުންނާއިވެސް މިކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ޗާގޮސްގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާކަމަށްވެސް ސިޓީގައި ފާހަގަކޮށްފައެވެ. އެގޮތުން ތުހުމަތު ކުރެވިފައިވަނީ އެމަނިކުފާނު ހަގީގަތް އޮޅުއްވާލައްވައިގެން މުއާމަލާތްތަކެއް ހިންގަވާފައިވާކަމުގެ ތުހުމަތުތަކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން ބުނެފައިވާގޮތުން، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ގާނޫނީ ހައިސިއްޔަތު ނެތި ކުރައްވާފައިވާ ކޮންމެ މުއާމަލާތަކީވެސް އިންތިހާބުގެ ނަތީޖާއަށްފަހު ބަދަލުވުން އެކަށީގެންވާ އެއްޗެކެވެ. އެހެންކަމުން ޗާގޮސްގެ މައްސަލައިގައި ރައީސް ސާލިހުގެ ސަރުކާރުން ކުރައްވާފައިވާ މުއާމަލާތެއް އެއީ އިތުބާރު ކުރުން ނުރައްކާތެރި އެއްޗެއްކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުންވަނީ މިހާރު މި މައްސަލައިގައި އޮތް ކިލަންބުކަން ފިލައި، ސާފު ހުށައެޅުންތަކެއްް ދެ ފަރާތުންވެސް ހުށައެޅެންދެން އިޓްލޮސްއިން ގޮތް ނިންމުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ކޮށްފައިވާ މުއާމަލާތް ބަލައިގަންނައިރު، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށްވެސް ސިޓީގައި އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: