ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮތަޅުން ނަގާފީ އަށް ބަދަލު ނުގެނެސް މަޖިލިސް ޗުއްޓީއަށް !

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮތަޅުން ނަގާފީ އަށް ބަދަލު ނުގެނެސް މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ގޮއްސިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޕްލާސްޓިކް ކޮތަޅު ޑިސްޓްރިބިއުޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކޮތަޅަކަށް ދެރުފިޔާގެ މަގުން ފީއެއް ނަގަން ޖެހެ އެވެ. އެކަން އެގޮތަށް އޮތުމުން ބައެއް ސަރަހައްދުތަކުގައި ކޮތަޅަކަށް ހަ ރުފިޔާ ޖެހެ އެވެ.

އެކަމަށް ހަލެއް ހޯދަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝީދު ހުށަހެޅުއްވި އިސްލާހުގައި އޮތީ ކޮތަޅުން ފީ ނެގުން އިސްތިސްނާވާ ހާލަތެއް ހިމަނައިފަ އެވެ. އެއީ 50 ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ގޮތުން ކޮތަޅު ބޮނޑި ގަންނަ ހާލަތެވެ.

މަޖިލީހުގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރައްވާ މެމްބަރުން ޕްލާސްޓިކް ކޮތަޅުން ފީނެގުމާއި ބެހޭ އިސްލާހު ފާސްކުރުމަށް ބޭނުންވި ނަމަވެސް ރައީސް ނަޝީދު ނިންމެވީ އެއިސްލާހަށް ވޯޓަށް ނޭހުމަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އެބިލަށް ވޯޓަށް ނާހާނެ ކަމަށެވެ.

އަޅުގަނޑަށް ވަރަށް ސާފު، އެމްޑީޕީ ބޭނުންވެެއެއް ނުލައްވާ މި [ބިލު] ވޯޓަށް މި ސެޝަންގައި ގެންދާކަށް، ބަހުސް ކުރުކުރާކަށް. އެހެންވީމާ އެއްވެސް އިއްޒަތްތެރި ބޭފުޅަކު ބަަހުސް ކުރުކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއް ނޫން

މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ބޭއްވުނު އެންމެ ފަހު ޖަލްސާގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމާއި ބެހޭ ގޮތުން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ބިލު ބަލައިގަތުމަށް 42 މެމްބަރަކު ވަނީ ވޯޓްދީފައެވެ. އަދި ބިލާއި ދެކޮޅަށް 9 މެމްބަރަކު ވޯޓްދީފައިވެއެވެ. އެެހެންކަމުން ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.

މީގެ އިތުރުން  ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރެއްވުމަށްފަހު އަލުން ރައީސުލްޖުމްހޫރިއްޔާ މަގާމާއި ހަވާލުވުމުން އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ހުށަހެޅި ގަރާރު މަޖިލީހުން ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. ގަރާރު ބަލައިނުގަތުމަށް 40 މެމްބަރުން ވޯޓް ދީފައިވާއިރު ބަލައިގަތުމާ އެއްކޮޅަށް ވޯޓްދީފައިވަނީ 7 މެމްބަރުންނެވެ. ވޯޓްގައި 47 މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމިގެން މެމްބަރުންނަށް 15 ދުވަހުގެ ޗުއްޓީ އެއް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: