ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ދައުރު ނިމުނު އިރު ވަޒީރުންނާއި 92 ސުވާލު މެމްބަރުން ވަނީ ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ދައުރު ނިމުނު އިރު ވަޒީރުންނާއި 92 ސުވާލު މެމްބަރުން ކޮށްފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ފުރަތަމަ ދައުރު ނިމުމާއެކު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މެމްބަރުން ވަޒީރުންނަށް މިދައުރުގައި މަޖިލީހުގެ ތަޅުމުގައި 51 ސުވާލެއް ކޮށް 41 ސުވާލަކަށް ވަޒީރުން ވަނީ ޖަވާބު ދީފައެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ ސަރުކާރުން ހުށަހެޅި 10 މައްސަލަ ނިންމާފައެވެ.

މަޖިލީހުގެ އިދާރާއިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ސަރުކާރުން މަޖިލީހަށް ޖުމްލަ 13 މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 1 މައްސަލަ ތަޅުމަށް ހުށަހެޅިފައިވާއިރު ކޮމެޓީ މަރުހަލާގައި 2 މައްސަލަ ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ނިމުނު އިރު މަޖިލީހަށް ވަނީ 31 ބިލެއް ހުށަހަޅާފައެވެ. އެއީ ކުރީ ދައުރުން ލިބުނު 20 ބިލަކާއި މިއަދުރު ހުށަހެޅުނު  11 ބިލެއް ހިމެނެއެވެ.

މަޖިލީހުގެ ތަޅުމަށް 5 ބިލެއް ހުށަހެޅުނު އިރު ކޮމިޓީ މަރުހަލާގައި 24 ބިލެއް އެބައޮތެވެ. އަދި 2 ބިލުގެ މަސައްކަތް ވަނީ ނިމިފައެވެ. ފުރަތަމަ ދައުރު ނިމުނު އިރު 19 ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 13 ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅި 7 ގަރާރެއްގެ މަސައްކަތް ނިމުނު އިރު ކޮމިޓީ މަރުހަލާގައި 24 ގަރާރު ވެއެވެ.

ރިޔާސަތުން މިދައުރުގައި ހުށަހެޅި މައްސަލަތަކުން 1 މައްސަލަ ވަނީ ނިންމާފައެވެ. މިދައުރުގައި ރިޔާސަތުން ވަނީ 3 މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުރީ ދައުރުން ލިބުނު 2 މައްސަލައާއި މިދައުރު ހުށަހެޅި އެއް މައްސަލައެވެ.

މިއަހަރު މަޖިލީހުގެ ފުރަތަމަ ދައުރުގައި 10 ކުއްލި މައްސަލަ ހުށަހެޅި އެހުރިހާ މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

މެމްބަރުން މިދައުރުގެ ތެރޭގައި 6 މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 1 މައްސަލައިގެ މަސައްކަތް ނިންމައި ބާކީ އޮތް 5 މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

މީގެ އިތުރުން އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ޖުމްލަ 8 ރިޕޯޓް ހުށަހެޅިފައިވާއިރު 3 ރިޕޯޓްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 3 ރިޕޯޓް ކޮމިޓީ މަރުހާލައިވެއެވެ.

ފުރަތަމަ ދައުރު ނިންމައި މެމްބަރުންނަށް 15 ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: