ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އަދި ޔާމިންގެ ވެރިކަމުގައިވެސް ޗާގޮސްގެ މައްޗަށް ހައްގެއް އޮތްކަމަށް ވަކާލާތެއް ނުކުރޭ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން ޗާގޮސް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައިނުވާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ މާލީ މަންފާއެއް ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖެއަށް ހައްގުވާ ސަރަހައްދެއް މޮރިޝަސްއަށް ދޫކޮށްލާފައިވާކަމަށް އެ ގައުމު ނޫސްތަކުގައިވެސް ޝާއިއުކުރެވެމުންދާއިރު، އިބްރާހިމް ޝަރީފްވަނީ ސަރުކާރުގެ ނިންމެވުން ދިފާއުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހު ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލުކުރައްވާފައިނުވާކަމަށެވެ. ޝަރީފް ވިދާޅުވީ، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށް އައިސީޖޭގައި އެއްވެސް އިރެއްގައި ދައުވާއެއް ކޮށްފައިނުވާކަމަށެވެ. އެގޮތުން އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ ސަރަހައްދު ހޯއްދެވުމަށް އެއްވެސް މަސައްކަތްތަކެއް ކުރައްވާފައިނުވާކަމަށާއި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސް ދެމެދު އިން ބެހުމުގެ މައްސަލައިގައި އިކުއިޑިސްޓަންސްގެ ހަމައިގެ މަތިން ރާއްޖެއަށް ހައްގުވާ މިންވަރު ހޯއްދެވުމަށްޓަކައި ރައީސް ސާލިހު ސަރުކާރުން ކުރި ކަމަށެވެ. އެހެންކަމުން އިދިކޮޅުން ދައްކަވަމުންދާ ސްޓޭންޑު ބަދަލުކުރުމުގެ ވާހަކަ އަކީ ކޮން ވާހަކައެއް ތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހާއި އިދިކޮޅު ފަރާތްތަކުން ކުޅެމުންދަނީ ވިހަގަދަ ސިޔާސީ ގޭމެއްކަމަށެވެ. ޝަރީފް ވިދާޅުވީ، ހާރިޖީ ގުޅުންތައް މަސައްކަތްކުރާ ގޮތް އިދިކޮޅު ފަރާތްތަކަށް ފަހުމް ނުކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ، އަމިއްލަ ގައުމުގެ ސިޔާދަތީ ބާރު ހިންގާ ސަރަހައްދަކީ ކޮބައިކަންވެސް އެ ފަރާތްތަކަށް ނޭނގޭކަމަށެވެ. ޝަރީފް ވިދާޅުވީ، ގައުމުތަކުގެ ސަރަހައްދީ އިމަކީ އދގެ ގައުމުތަކުން ބަލައިގަންނަން ޖެހޭ އެއްޗެއްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: