ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ސިޓީއަކުން ރާއްޖޭގެ ބައެއް ވިއްކާލި ޣައްދާރަކަށް، މައާފެއް ނެތް: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަމަލު ކުރައްވާފައިވާގޮތުގެ ސަބަބުން އެމަނިކުފާނަށް ދިވެހިރާއްޖޭ ޒުވާން ޖީލުތަކުން މައާފު ނުކުރާނެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޗާގޮސްގެ މައްސަލައިގައި ބަހުސްތައް ފެށިފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ ބައެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. އެކަމަކު އެ ސިޓީ ދޮގުކޮށް ސަރުކާރުން ބުނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުން ކުރާ އިބާރާތެއް ނޫން ކަމަށެވެ. އަދި އޮޅުވާލައި، ނަފްރަތު އުފެއްދުމަށް ބަޔަކު ހަދައިގެން އުޅޭ ލިއުމެއްކަމަށް ވަނީ ބުނެފަ އެވެ.

މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް އދ. ގައި ވޯޓު ދިނުމަށް އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހާމަ ކުރިއިރު، މައްސަލައިގައި މީގެ ކުރިން ރާއްޖެއިން އަބަދުވެސް ވޯޓު ދެމުން އައީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް އެކަން ހާމަކުރީ، ކަނޑުގެ މައްސަލައިގެ އަޑުއެހުމުގަ އެވެ. އެހެންވެ ގިނަ ބަޔަކު އެކަމާއި ސުވާލު އުފެއްދީ އެވެ.

މި މައްސަލައިގައި އިދިކޮޅުން ދިވެހި ސަރުކާރުގެ މައްޗަށް ރިޝްވަތާއި، ބޮޑެތި ޑީލްތަކުގެ ތުހުމަތު ކުރެ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބުން ވެސް ވަނީ ސަރުކާރުގެ ނިންމުމާއި މެދު ސުވާލު އުފައްދާފަ އެވެ.

މޮރިޝަސް ސަރަހައްދުގައި އޮޕަރޭޓުކުރަމުންދާ މަސްވެރި ކުންފުނިތަކަކުން ރިޝްވަތުގެ ގޮތުގައި 500 މިލިއަން ޑޮލަރު ނަންގަވައިގެން ސިއްރު ޑީލެއްގެ ދަށުން މޮރިޝަސްއަށް ޗާގޮސް ދޫކޮށްލެއްވިކަމަށް ރައީސް ސާލިހުގެ މައްޗަށް ތުހުމަތުކޮށް އެ ގައުމުގެ ނޫސްތަކުން ވެސް ދަނީ ރިޕޯޓު ކުރަމުންނެވެ. އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ރާއްޖޭގެ ޒަމާންވީ ސްޓޭންޑު މި ސަރުކާރުން ބަދަލުކޮށްފައި ވަނީ ސިއްރު ޑީލްތަކެއްގެ ދަށުންކަމަށް ތުހުމަތުކޮށްފަ އެވެ.

ބައިނަލްއަޤުވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލުގައި ކުރިޔަށް ދާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، ދިވެހި ސަރުކާރުން މިކަމުގައި އަމަލު ކުރި ގޮތް ސާފުވާން ޖެހޭކަމަށް ބުނެ އިދިކޮޅުން ވަނީ އިޓްލޮސްއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެދިފައި ވަނީ މައްސަލައިގައި ގޮތެއް ނިންމުން، މަޑުޖައްސާލަ ދިނުމަށެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ސަރުކާރުގެ ދިފާއުގައި ރައީސް ސާލިހުގެ ނިންމެވުމާއި އެއްކޮޅަށް ވާހަކަ ދައްކަވަމުންދާއިރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ އިމުން ބައެއް ގެއްލިދާނެކަމުގެ ކަންބޮޑުވުން ދިވެހި އެންމެހާ ރައްޔިތުންގެ ތެރޭގައިވެސް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ބޮޑުބައެއް މޮރިޝަސްއަށް ސަރުކާރުން ސިޓީ ފޮނުވައިގެން ވިއްކާލާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ވިއްކާލާފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިން އެ މަސައްކަތްތައް ކުރަމުންދާ ކަންޑުގެ ސަރަހައްދެއްކަމަށެވެ. ރައީސް ސާލިހުގެ އެ އަމަލަކީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކުން ސުވާލު އުފައްދާނެ، އަދި އެމަނިކުފާނަށް މައާފު ދޭނެ ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅުގެ އިތުރަށް މި މައްސަލައިގައި ސަރުކާރުގެ މައްޗަށް ކުރީގެ ބަންޑާރަ ނައިބުންނާއި، ކަނޑުތަކާއި ބެހޭ ދާއިރާގެ ބޭފުޅުން ވެސް ތުހުމަތުތައް ކުރެ އެވެ.

މީގެއިތުރުން ޗާގޮސްގެ ނިންމުމަކީ ސަރުކާރުގެ ވިޔަފާރި މުއާމަލާތެއްކަމަށް ސިފަކޮށް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ 500 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ތުހުމަތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: