ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދާއި ފޮރިން މިނިސްޓްރީއަށް ފައްޔާޒުގެ ތައުރީފު

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގައި ހޯދާފައިވާ ކާމިޔާބީއަށް އެމްޑީޕީގެ ޗެއަރޕާސަަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިޓްލޮސްގައި ކުރިއަށް ގެންދިޔަ ޗާގޮސްގެ މައްސަލައިގައި، ރާއްޖޭގެ ދެކުނުން ބައެއް ނުގެއްލޭ ގޮތަށް ނިމުމާއިއެކު އުފާ ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި ފައްޔާޒުވަނީ މިނިސްޓްރީ އޮފް ފޮރިން އެފައަރޒް އަކީ ފޮރިން ފައުޖު ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއަކީ ރާއްޖޭގެ ހިމާޔަތުގެ އެންމެ އިސް ސަފުކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަމަލިދިނުމުގެ އިސް ސަފަކީވެސް އެ މިނިސްޓްރީކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މަރުހަބާ ރައްދުކުރައްވާކަމަށެވެ. ފައްޔާޒު ވިދާޅުވީ، ޝާހިދު ރާއްޖެއަށް ހޯއްދަވަމުންދާ އެއްހަމަ ނުކުރެވޭ ފާހަގަކޮށްލެވޭ ކާމިޔާމީތަކަށް މަރުހަބާ ވިދާޅުވާކަމަށެވެ.

ފައްޔާޒުގެ ތައުރީފު ފޮރިން މިނިސްޓްރީއަށާއި މިނިސްޓަރު ޝާހިދަށް ރައްދުކުރެއްވިއިރު، ރާއްޖޭގެ ބައެއް ގެއްލިގެންދިއުމުގެ ބިރުހީވެފައިވާކަމަށް ބުނެ އިދިކޮޅުން ބުނަމުންދަނިކޮށެވެ. އިޓްލޮސް އިން އެ މަައްސަލައިގައި ނިންމާފައިވަނީ ރާއްޖޭގެ ސަރުކާރުގެ ހުށައެޅުންތަކާއި އެއް ކޮޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: