ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ ނިންމުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހާއްސަ ކެބިނެޓު ބައްދަލުވުމެއް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސް ދެމެދު އޮތް މައްސަލައަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުމާއިމެދު މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާއްސަ ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މޮރިޝަސް އަދި ރާއްޖޭގެ އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމިފައިވާކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލިފައިނުވާކަމަށާއި، މައްސަލަ ނިމިގެން ދިޔައީ ރާއްޖެ ބޭނުންވި ގޮތަށްކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާތީ އެކަމަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ.

މިއަދު ނިންމި ނިންމުމާއި ގުޅޭގޮތުން ކެބިނެޓު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށް، މިއުވާން ވިދާޅުވީ އެ ބައްދަލުވުމުގައި އަލިއަޅުއްވާނީ ރާއްޖޭގެ މެރިޓައިމް ބައުންޑަރީގެ ޑީލިމިޓޭޝަން އާއިމެދު އިޓްލޮސްއިން ނިންމާފައިވާ ނިންމުމުގެ މައްޗަށްކަމަށެވެ.

އިޓްލޮސްގައި ކުރިއަށް ގެންދިޔަ މައްސަލައާއިމެދު ކެބިނެޓު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއުވާން ހާމަކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މައްސަލައިގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކޮށްފައެވެ. އެމްޑީޕީގެ ބައެއް މެމްބަރުންވެސް ޗާގޮސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ވަކާލާތު ކުރައްވައެވެ. ފޯޅަވަހި ހޯދުމަށް ވަކާލާތު ކުރާ މެމްބަރުގެ ތެރޭގައި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: