ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓްލޮސްގެ ނިންމުމާއި ރައީސް ނަޝީދު ދެކޮޅު !

ރައީސް ސާލިހް އާއި ކުރީގެ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން، މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝީދު ވިދާޅުވީ އެކަން ބަލައިނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތް ކަމަށެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ.

ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ.

ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ.

އެ ނުކުތާ ހުށަހަޅައި މޮރިޝަސްއިން ބުނެފައި ވަނީ، ލޯޓައިޑް އުސްމިނެއްކަމަށް ވާ ބްލެންހައިމް ރީފް ހުންނަނީ ހައިޓައިޑް ފީޗާއެއްކަމަށް ވާ އައިލް ޓަކަމަކާގެ 10.6 ކިލޯ މީޓަރުގެ ތެރޭގައި ކަމަށެވެ. އަދި އެ ރީފްއާއި ގޔޅުން ހުރި އައްސޭރިފަށުން ބާކީ ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: