ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީއެއް ލިބުނުކަމަށް ބެލެވޭކަށް ނެތް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖެއަށް ކާމިޔާބީއެއް ލިބިފައިވާކަމަށް ދެކިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްއިން ގޮތް ނިންމުމާއިއެކު، ސަރުކާރު އިސްވެރިންނާއި ތާއީދުކުރައްވާ ފަރާތްތަކުންދަނީ ކާމިޔާބީއެއް ލިބިފައިވާކަމަށް ބުނެ އުފާ ފާޅުކުރަމުންނެވެ. ރާއްޖެއަށް 47،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާކަމަށް ފާހަގަކޮށް ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުންދާއިރު، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ އަލީ ހުސައިންވަނީ ރާއްޖެއަށް ކާމިޔާބީއެއް ލިބިފައިވާކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބައެއް ގެއްލިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް މޮޅުތަކެއް ލިބިފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބެން އޮތް ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ނިމިގެންދިޔައީ ޒަމާނުއްސުރެ ދިވެހި މަސްވެރިން އެ މަސައްކަތްތައް ކުރުމަށްޓަކައި ނުކުމެ އުޅުނު ސަރަހައްދަކަށް މާދަމާ ނުނުކުމެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މިހާރު ކަން ވެފައިވާ ގޮތް އެއީ ކާމިޔާބީއެއްކަމަށް ބުނެ ސަރުކާރުން އުފާކުރަމުންދިއުމަކީ ހިތާމަވެރިކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ހަމަ ބުއްދި ބޭނުންކުރައްވައި

މިއަދާއި ހަމައަށް ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ނިކުމެ އުޅެވޭ ސަރަޙައްދަކަށް މާދަމާ ނުނިކުމެވޭ ގޮތަށް މައްސަލަ ނިމުމުން އެއީ ކާމިޔާބީއެއް ކަމަށްބުނެ ބައެއް މީހުން އުފާކުރުމަކީ ހިތާމަހުރި ކަމެއް. ހަމަ ބުއްދި ބޭނުންކޮށް ވިސްނާވަޑައިގަތުމަށް އިލްތިމާޒްކުރައްވާކަމަށެވެ.

އަލީ ހުސައިންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން އިޓްލޮސްގައި ކުރިއަށް ގެންދިޔަ މައްސަލައިގައި ރައީސް ސާލިހު ފޮނުއްވި ސިޓީއަށް ހަވާލާ ދީފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ފޮނުއްވި ސިޓީއަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފަށް މަޖިލީހުން ބައެއް ނެތި އެމަނިކުފާނު ފޮނުއްވި ސިޓީއެއްކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ޗާގޮސްއަކީ ރާއްޖެއިން ބައެއްކަމަށް އެނގެން ނެތްކަމަށް ރައީސް ސާލިހު ވިދާޅުވި ވާހަކައަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހަކީ ތާރީހު ރަނގަޅަށް ބައްލަވައި ދިރާސާ ކުރައްވާފައިވާ ފަރާތެއްނަމަ، ޗާގޮސް އެއީ ރާއްޖެއިން ބައެއް ނޫންކަމަށް ވިދާޅުނުވާނެކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލެއްވުމަށްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: