ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަކީ ބައިނަލްއަގްވާމީ އުސޫލުތައް ތަންދޭ ކަމެއް ނޫން: ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަކީ ބައިނަލްއަގްވާމީ އުސޫލުތައް ތަންދޭ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި އިޓްލޮސް އިން ރާއްޖެއިން ވަކާލާތު ކުރިގޮތަށް މައްސަލަ ނިންމުމާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ވަނީ އޭރުގައި މޮރިޝަސް އާއި އެކު އިންވަކިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ ޗާގޮސްގެ މައްސަލައިގައި އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެވާހަކަ އަށް ރައްދުދެއްވައި ޝާހިދު ވިދާޅުވީ އޭރުގެ ހާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު ވަނީ މޮރިޝަސް އާއި އެކު އިންވަކި ކުރުމާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވާފައެވެ.

2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އެމަނިކުފާނު ސޮއިކުރެއްވާފައި އޮތް ލިޔުންތަކުގައި ވެސް ހުރީ ހަމަ ގާތްގަނޑަކަށް މިވާހަކަތައް. ޑރ ޝަހީދު އޭރު ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތާއި އެކުގައި މަޝްވަރާ ތައް ކުރިއަށް ނުގެންދާ ކަމަށާއި އެހެން ނަމަވެސް އެފަދަ މަޝްވަރާތަކެއް ކުރާނަމަ އެކަމުގެ މައުލޫމާތުތައް މޮރިޝަސް އަށް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ވިދާޅުވެފައިވޭ. އަދި އިނގިރޭސިން ބުނަމުންދާ ގޮތަށް އެންމެފަހުން ޗާގޮސް ލިބިގެންދާނީ މޮރިޝަސް އަށް ކަމަށްވާތީ ދެގައުމުގެ ކޯޑިނޭޓްސް ހިއްސާކޮށް މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެއްބަސްވެފައިވޭ. އެހެންވީމަ ރައީސް ނަޝީދުގެ ސަރުކާރަކުން ބައުންޑްރީ ކަނޑައެޅުމަށް ދެގައުމު ދެމެދު މަޝްވަރާ ކުރުމަށް ސޮއި ނުކުރާނެތާ (ޗާގޮސް) އަކީ ދިވެހިރާއްޖޭގެ ތަނަކަށް ވަންޏާ. މިދެންނެވި 2010 ގައި ޑރ ޝަހީދު ހުންނެވީ ރައީސް ނަޝީދުގެ ހާރިޖީ ވަޒީރަކަށް. އެ ހާރިޖީވަޒީރު މި ދެންނެވީ މިއަދުގެ މި އިޓްލޮސްގެ ނިންމުމަށް މަރުހަބާ ވިދާޅުވެ، އާއްމުކޮށް އެ އޮތީ އެވާހަކަ ވިދާޅުވެފައި.

ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އޭރުގެ ހާރިޖީ ވަޒީރާއި ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދާއި މޮރިޝަސްގެ ކެބިނެޓް ސެކެޓްރީ، މާލޭގައި ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ޗާގޮސްގެ ނިންމުމަށް ޑރ ޝަހީދު މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.

އިޓްލޮސް އަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން އުފެދިފައިވާ ޓްރައިބިއުނަލް އެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ޓްރައިބިއުނަލްގައި ހުކުމް ކުރެވިގެންދިޔަ ކަންތައްތަކަކީ އެކަމުގައި ބައިވެރިވި ދެ ފަރާތް ކަމަށް ވާ ރާއްޖެ  އާއި މޮރިޝަސްގެ މައްޗަށް ލާޒިމް ހުކުމްތަކެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެ ހުކުމް ކުރެއްވި ޖަޖުން، ހުކުމް ކުރެއްވިއިރު ވިދާޅުވެފައިވޭ މި ހުކުމް ޑިޕޮޒިޓް ކުރެވިފައި ހުންނާނީ ދިވެހިރާއްޖެ އާއި މޮރިޝަސް އާއި އދ ގައޭ. އެހެންވީމަ އެއީ އެކަން ބައިނަލްއަގްވާމީ ގޮތުން ހިނގާ ގޮތަކީ

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހަދުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: