ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމިއްލަ އެދުމަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް ލިބެން އޮތް މުއްސަނދިކަމެއް ދޫކޮށްލުމަކީ މައްސަލައެއް: އަމްރު

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މުއްސަނދިކަން ހޯދުމުގެ ފުރުސަތެއް ގެއްލިގޮސްފައިވާކަމަށް ފާހަގަކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ރައީސް ސާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.

މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖެއަށް ކުރިން ކަށަވަރު ވެފައިނުވާ ކަނޑުގެ ސަރަހައްދެއް ލިބިފައިވާކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު އަދި ސަރުކާރުގެ އިސްވެރިންނާއި ތާއީދުކުރައްވާ ފަރާތްތަކުންދަނީ އުފާ ފާޅުކުރަމުންނެވެ. އެހެންނަމަވެސް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިދިކޮޅުގެ މެމްބަރުންވެސް ދަނީ މި މައްސަލައިގައި ރާއްޖެއަށް މޮޅެއް ލިބިފައިނުވާކަމަށް ބުނެ ނުުރުހުން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންދާ އަމްރުވަނީ އިމުގެ މައްސަލައިގައި ރާއްޖެއަށް ފައިދާތަކެއް ލިބިފައިނުވާކަމަށް ސިފަކުރައްވާފައެވެ. އޭނާ ވަނީ އިޓްލޮސްގެ ނިންމުމާއިއެކު ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާކަމަށް ސިފަކުރައްވާފައެވެ.

ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ އާންމުވެފައިވާ ލިޔެކިއުމަކީ ސައްހަ އެއްޗެއް ނޫންކަމަށް ރައީސް ސާލިހު ވިދާޅުވުމާއިއެކު، އެމަނިކުފާނުގެ ވާހަކަތަކަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ، މައްސަލައަކީ އެއީ ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލައަކީ ދައުލަތުގެ އެންމެހެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިރު، ރައީސް ސާލިހަށް ދިވެހި ރައްޔިތުންނަށް ލިބެން އޮތް ފުރުސަތެއް ހޯދަވައިނުދެއްވުންކަމަށެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ރާއްޖޭގެ ރައްޔިތުންނަށް އެއް ފަހަރާ މުއްސަނދިވުމެއް ހޯދުމަށް ފުރުސަތެއް ލިބިގޮސްފައިވާކަމަށެވެ. އަމްރު ވިދާޅުވީ، އޭނާ އަށް އޮތް މައްސަލައަކީ އެ ފައިދާތައް އަމިއްލަ ފައިދާއެއް ހޯއްދެވުމަށްޓަކައި ރައީސް ސާލިހު ދޫކޮށްލެއްވުންކަމަށެވެ. އަމްރު ވިދާޅުވީ، ޗާގޮސް ރާއްޖެއަށް ލިބެން އޮތްކަމަށެވެ. އަދި އެތަން ގެއްލިގެންގޮސްފައިވަނީ ރައީސް ސާލިހު އެތަން ދޫކޮށްލެއްވުމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަމަލު ކުރި ގޮތުގެ ސަބަބުން އިމުގެ މައްސަލައިގައި ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަލެއް ލިބިފައިވާކަމަށް އަމްރު ސިފަކުރެއްވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދުވަނީ ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރެއް އޮންނަކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދޅާުވީ، އެ ބާރު ދޫކޮށްލުމުން، މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވަނީ އިޓްލޮސްގެ ނިންމުން ބަލައިނުގަތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: