ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެންދިއުމުގައި އިހުމާލުވި މީހުން ޒިންމާދާރު ކުރުވަންޖެހޭ: ޑރ މުނައްވަރު

ޑރ.މުހައްމަދު މުނައްވަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓްލޮސްއިން ނިންމާފައިވާ ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭކަމަށް ކުރީގެ ބަނޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޮރިޝަސް އާއި ދެމެދު ކުރިއަށް ގެންދިޔަ މައްސަލައިގައި ރާއްޖެއަށް ބޮޑު ސަރަހައްދު ލިބިފައިވާކަމަށް ފާހަގަކޮށް ރައީސް ސާލިހުގެ ސަރުކާރުގެ އިސްވެރިންނާއި ތާއީދުކުރައްވާ ފަރާތްތަކުންދަނީ އުފާ ފާޅުކުރަމުންނެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ ކާމިޔާބީއެއް ލިބިވަޑައިގެންފައިނުވާކަމަށް ފާހަގަކުރައްވާ ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުންދާއިރު، އިޓްލޮސްގެ ނިންމުމަށް އަލިއަޅުއްވައި މުނައްވަރުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ވަނީ ގާނޫނުން ކަނޑައެޅިފައިކަމަށެވެ. އަދި އިޓްލޮސްގައި ކުރިއަށް ގެންދިޔަ މައްސަލަ ނިމިގެންދިޔައީ ކަނޑައެޅިފައިވާ ހާއްސަ ސަރަހައްދުން ބައެއް ގެއްލިގެންކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

މުނައްވަރު ވިދާޅުވީ، ކަނޑައެޅިފައިވާ ސަރަހައްދަކުން ބައެއް އުނިވެގެންދިއުމަކީ ރާއްޖެއަަށް ލިބިގެންދިޔަ ކާމީޔާބީއެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވަނީ ހިތާމައެއްކަމަށެވެ. މުނައްވަރު ސިފަކުރެއްވިގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގޮސްފައިވަނީ އިހުމާލުތަކެއް ވުމުގެ ސަބަބުންނެވެ. އެހެންކަމުން އިހުމާލުވެފައިވާ ފަރާތްތަކުން އެ މައްސަލައިގައި ޒިންމާ ނަގަންޖެހޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުނައްވަރުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރެއްވިއިރު، ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުގެ ޕާޓްނަރެއްކަމަށްވާ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންވެސް ދަނީ މި މައްސަލައާއި ގުޅިގެން ރައީސް ސާލިހަށް ފާޑުކިޔަމުންނެވެ. އެގޮތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގޮސްފައިވާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ސަރަހައްދެއްގައި މަސްވެރިކަން ކުރުމުގެ ހައްގު ގެއްލިގޮސްފައިވާކަމަށެވެ. އެހެންކަމުން ލިބިގޮސްފައިވަނީ ކާމިޔާބީއެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: