ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިމުގެ ތެރެއަށް ބޭރުގެ މަސްބޯޓުތަކަށް ވަދެ ނޫޅެވޭނެކަން ދެން މަސްވެރިންނަށް ޔަގީންވާނެ: ޑރ ހުސައިން

ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއާއި ރާއްޖެއާއި ދެމެދުގެ ކަނޑުގެ އިން ވަކިކުރުމުގެ ސަބަބުން ރާއްޖޭގެ އިމުގެ ތެރެއަށް ބޭރުގެ މަސްބޯޓުތަކަށް ވަދެ ނޫޅެވޭނެކަން ދެން މަސްވެރިންނަށް ޔަގީންވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ކަނޑައަޅައި މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ އިން އިޓްލޮސްއިން ކަނޑައެޅުމާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ ހުސައިން ވިދާޅުވީ އިޓްލޮސް އިން ރާއްޖޭގެ އިން ކަނޑައެޅުމުގެ ކުރިން ރާއްޖޭގެ ދެކުނުން އޮންނަނީ 12 މޭލުގެ ސަރަހައްދެއް ކަމަށެވެ. އަދި މަސްވެރިކަން ކުރަން ވަންނަ ބޭރުގެ ބަޔަކު ހިފޭނީ އެ 12 މޭލުގެ ތެރެއިން އެކަނި ކަމަށެވެ. އަދި އެއަށް ވުރެ ބޭރަށް ދިއުމުން ހިފެހެއްޓޭނެ ގާނޫނީ ބާރު ނޯންނަ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ވަނީ އީއީޒެޑް ކަނޑައަޅާފައި ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިމުގެ ތެރެއަށް ދެން ބޭރުގެ މަސްބޯޓްތަކަށް ވަދެ ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އެއޮތީ އީއީޒެޑް ކްލެއިމް ކޮށްފައި. އެކަމަކު އެ ކްލެއިމްއަކީ ސައްހަ ގޮތުގައި މިއަދާ ހަމައަށް ހަމަޖެހިގެންދިޔަ ތަނަކަށް ނުވާތީ އެހެން އެކަންވަނީ. އެހެންވީމާ އެ ސަރަހައްދު ބެހެއްޓުން އޮތީ އުނދަގުލަކަށް ވެފައި.

އިޓްލޮސް އިން އިއްޔެ ކަނޑައެޅި އިމާ ހަމައަށް ހުރިހާ ބާރުވެރިކަމެއް އޮންނާނެ ކަމަށާއި އެހެންވީމާ ރާއްޖޭގެ އިމުގެ ތެރެއަށް ބޭރުގެ މަސްބޯޓްތަކަށް ވަދެ ނޫޅެވޭނެ ކަން މަސްވެރިންނަށް ދެން ޔަގީންވާނެ ކަމަށް ޑރ ހުސައިން ވިދާޅުވިއެވެ.

ރާއްޖެ އާއި ޗާގޮސް އާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލް ހަމަނުވެ، ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ އުފެދިފައިވަނީ ޗާގޮސް އާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅުމުގައެވެ. އެ މައްސަލައިގައި އިޓްލޮސް އިން ވަނީ ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ.

އިޓްލޮސް އިން ކުރި ހުކުމުގައި ބުނެފައިވަނީ ދެ ގައުމުގެ މެދުގައިވާ ފުށުއަރާ 92،352 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިގެންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: