ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒު އިދިކޮޅަށް: 2019 ގައި ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ޗާގޮސް އެއީ މޮރިޝަސްގެ ތަނެއްކަމަށް އެއްބަސްވި!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބަޖެޓު އެކުލަވާލުމަށް މަސައްކަތްތައް ފެށިގެންދިއުމުގެ ކުރިން، ފޯޅަވަހި ނުވަތަ ޗާގޮސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އެއްވެސް އާންމު އަދި ސިޔާސީ ފަރާތެއްވެސް ފާހަގަކޮށްފައިނުވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިޓްލޮސް އިން ރާއްޖޭގެ އިމުގެ މައްސަލައިގައި ގޮތް ނިންމުމާއިއެކު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ ހާއްސަ ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ. ބައްދަލުވުމަށްފަހު މިނިސްޓަރުންނާއިއެކު އެމަނިކުފާނު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އިމުގެ މައްސަލައަށް އަލިއަޅުއްވައި ވާހަކަދައްވަކަމުން ފައްޔާޒު ވިދާޅުވީ، ކުރީގެ ރައީސުންނާއި ސަރުކާރުތަކުން ބައިނަލްއަގުވާމީ މައިދާނުތަކުގައި އަމަލުކުރައްވާފައިވާގޮތުން ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރެއް އޮތްކަމަށް ވަކާލާތުކޮށްފައިނުވާކަން ސާފުވެގެންދާކަމަށެވެ. ފައްޔާޒު ވިދާޅުވީ، 2019ވަނަ އަހަރު އދގެ ބައްދަލުވުމެއްގައި ރައީސް ސާލިހުގެ ސަރުކާރުން މޮރިޝަސް އާއި ދެކޮޅަށް ވޯޓުދިނުމުން އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއް ނެރިފައިކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްއިންވަނީ އެ ބަޔާކުގައި ޗާގޮސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އެއްބަސްވެފައިކަމަށެވެ. އަދި އެކަމުން އިދިކޮޅުންވެސް ޗާގޮސް ރާއްޖޭގެ ބައެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދެކިފައިނުވާކަން ފެނިގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ޗާގޮސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކިޔަން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދަނިކޮށްކަމަށެވެ. އޭނާ ވިދާޅުވީ، ޗާގޮސްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ވާހަކަތައް މަޖިލީހުގައި ދެކެވިދާނެކަމާއިމެދުވެސް އެ ދުވަސްވަރު ސުވާލު އުފެދިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އެ ސުވާލު އުފެދިގެންދިޔައީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުން ފެނާއި ނަރުދާމާ ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާތީކަމަށެވެ.

އޭނާ ވިދާޅުވީ، އެ ތަނުގައި ދިރިއުޅެމުންދާ ރަށްވެހިން އިސްލާމް ދީނަށް ވެއްދުމުގެ މަސައްކަތްތަކާއިމެދުވެސް އެ ދުވަސްވަރު އޭނާ ވިސްނާވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި އެވާހަކަތައް ދެކެވިފައިނުވާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

ފައްުޔާޒު ވަނީ ހާއްސަ އިގްތިސާދީ ސަރަހައްދާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން އެއްވެސް އިރެއްގައި ރާއްޖޭގެ އީއީޒެޑް ކަނޑައެޅިފައިނުވާކަމަށެވެ. އަދި ހާޒިރުވެ ތިއްބެވި ނޫސްވެރިންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެންމެހާ ބޭފުޅުންވެސް އޮޅުވާލައްވަމުންދާކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިގްތިސާދީ ސަރަހައްދެއް ކަނޑައެޅިފައިވަނީ އުތުރުގައިކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގެ ދެކުނުން 24 މޭލު ބޭރުން އެހެނިހެން ގައުމުތަކުން މަސްވެރިކަން ކުރަމުން އައިސްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އެކަމާއި އޭރު ކުރެވިދާނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އެހެންނަމަވެސް މިހާރު ހުއްދަ ލިބިގެން ނޫން ހާލަތެއްގައި ދާ އެޅުމުގެ މަސައްކަތްތައް ނުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އިޓްލޮސްގެ ނިންމުމާއިއެކު ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނު ކަނޑައެޅި ގޮސްފައިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ރާއްޖޭގެ ހުއްދަ ނެތި އެއްވެސް އިގްތިސާދީ މަސައްކަތެއް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: