ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގެ ކުލި ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައި: ރައީސް ސާލިހް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ހިޔާފްލެޓްތަަކުގެ ކުލި ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރޭ ރައީސް އޮފީހުގައި ޗާގޮސްގެ މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްގެ ކުއްޔާއި ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އެގޮތުން ހިޔާފްލެޓްގެ ޔޫނިއަންގެ މެމްބަރުންތަކެއް ރައީސް ސާލިހް އާއި ބައްދަލުކޮށް ކުލި ކުޑަކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލުތައް އަދި އާއްމު ނުކުރާ ކަމަށެވެ.

އެކަމު ބަދަލުތަކެއް ލުޔެއް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެއީ މިހާރު ކޮށްފައި އޮތް އިންވެސްޓްމަންޓަށް ގެއްލުމެއް ވާގޮތަކަށް ނޫން. ސަރުކާރަަކަށްވެސް އެޔަކަށް ގެއްލުމެއް ނުވާނެ.

ރައީސް ވިދާޅުވީ ހިޔާފްލެޓްތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ މާނައަކީ އެތަނަށް ކޮށްފައިހުރި ހަރަދުން ފްލެޓަކަށްޖެހޭ އަގު ކުޑަވީއެކޭ ނޫން. ކުރީގައިވެސް ގޮސްފައި އޮތް ހަރަދު، އެއީ އޮތް ހަރަދު. އެއަށް ބަދަލު އައީކީ ނޫން. އެމަހަކަށް ބެހީމަ 25 އަހަރަށް އަހަރަކު 12 މަސްދުވަހަށް ކަމަށް ބަލާފަ ބެހީމަ ޖެހޭ އަދަދު އަދިވެސް އަންނަނީ. އެކަމު އެހެން ގޮތްގޮތް ހުންނާނެ ކުޑަކުރެވޭނެ.

ރައީސް ސާލިހް ވިދާޅުވީ ހިޔާ ޔުނިއަންގެ ބޭފުޅުންނާއި އެކު ބައްދަލުކުރުމަށް ފަހު ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން ކުލި ދައްކާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަކީ މަހަކަށް 7،500 ރުފިޔާއެވެ. އަދި މެއިންޓެނެސް ފީއަށް 1،000 ރުފިޔާ އެވެ.

ކުލި ކުޑަކުރުމަށްޓަކައި ގެނައި މައިގަނޑު ބަދަލަކީ 25 އަހަރުން ފައިސާ ހަލާސްކުރާ ގޮތަށް ދީފައިވާ ފުލެޓުތަކުގެ އެ މުއްދަތަށް ހަތް އަހަރު އިތުރުކުރުމެވެ. އޭރުން ކުލީގެ ޖުމުލަ އަހަރު 32 އަށް ދާނެ އެވެ.

އެހެންވެ ދެން ފްލެޓަކަށް ދައްކަން ޖެހޭނީ މިހާރު ދައްކާ ކުއްޔަށް ވުރެ 2،200 ރުފިޔާ ކުޑަކޮށެވެ. އެއީ 5،300ރުފިޔާއެވެ. މިހާރު ކުއްޔަކީ 7،500 ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: