ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން.: ކުރީގެ ޕީޖީ މުއީޒް

ކުރީގެ ޕީޖީ އަހުމަދު މުއީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ގަބޫކު ނުކުރައްވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއީޒް ވިދާޅުވެއއްޖެއެވެ.

ކުރީގެ ޕީޖީ މުއީޒް މިފަދައިން ވިދާޅުވީ މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމަށް އިޓޮލިސް އިން ނިންމި ނިބްމުމާއި ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދައިދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި (އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި ‏ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮތްކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯ ގާސިމް ވަނީ ސުވާލުއުފައްދަވާފައެވެ.

ގާސިމް މި ވާހަކަތަކަށް ރައްދު ދެއްވާ ކުރީގެ ޕީޖީ މުއީޒް ވިދާޅުވީ އިޓްލޮސްއިން ކުރި ހުކުމުގެ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ. އެހެން ކަމުން ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މުއީޒް ވިދާޅުވިއެވެ.

ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މޮރިޝަސްއިން ހުށަހެޅި މައްސަލަ ރާއްޖެއިން ބޭނުންވި ގޮތަށް ނިމުމާއި ގުޅިގެން ރައީސް ސާލިޙް ވިދާޅުވީ ދިވެހިރާއްޖެ މިނިވަން ވީއްސުރެ މުޅި ދިވެހިރާއްޖޭގެ އިން މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށާއި ނަމަވެސް އިޓްލޮސް ނިންމި ނިންމުމާއިއެކު މުޅި ރާއްޖޭގެ އިން ކަނޑައެޅުގެން ހިނގައްޖެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުން ރާއްޖޭގެ އިން ވަކިކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ކަނޑައެޅިގެން ދިއުމާއެކު އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަށާއި އެއީ ރާއްޖޭގެ ކޯސްޓަލްއެޖުން ފެށިގެން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން ހާއްސަ އިގުތިސާދީ ސަރަހައްދެއް ކޮންމެ ގައުމަކަށްވެސް ލިބޭ ކަމަށާއި ރާއްޖޭގެ އުތުރާއި އިރުއުތުރުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ކަނޑައެޅުނީ 1976 ވަނަ އަހަރު ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: