ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންޖެހޭ ދަނޑިވަޅުގައި އެންމެ އިތުބާރު ކުރެވޭ ބައިވެރިޔަކީ އިންޑިއާ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް އެންމެ ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި އެންމެ އިތުބާރު ކުރެވޭ ބައިވެރިޔަކީ އިންޑިއާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހި އަސްކަރިއްޔާ އާއި ހަވާލުކުރި އައު މަނަވަރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއިން ގެންގުޅެމުން އަންނަ އިންޑިއާ ފަސްޓް ސިޔާސަތަކީ ދެގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމުގެ އެންމެ އިސް އަސާސް ކަމަށެވެ.

މާރިޔާ ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ދޭ އަގުހުރި އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

އަޅުގަނޑުމެން އެހީތެރިކަމަށް އެންމެ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އެންމެ އިތުބާރު ކުރެވޭ ބައިވެރިއަކީ އިންޑިއާކަން އެގައުމުން ވަނީ އެކިފަހަރު މަތިން ސާބިތުކޮށްދީފައި.

މާރިޔާ ވަނީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާގައި އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބިފައިވާ ކަމާއި ކޮވިޑްގައި ވެކްސިން ހަދިޔާ ކުރުން ފަދަ އަގުހުރި އެހީތެރިކަން އިންޑިއާ އިން ފޯރުކޮށްދީފައިވާތީ އެކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދު އިންޑިއާ ސަރުކާރުން އަލަށް ހަދިޔާކުރި މަނަވަރު “ސީޖީއެސް ހުރަވީ” މާލޭގައި ބަނދަރު ކުރި ހިސާބުން ފެށިގެން އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ސިފައިން ތަމްރީން ދިނުމަށް އިންޑިއާ ސިފައިން ގިނަ ވަގުތު ހޭދަކުރެއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކުރިން ބޭނުންކުރި ކޯސްޓްގާޑް ޝިޕް ހުރަވީ އާއި ހިލާފަށް މިފަހަރު ބޭނުން ކުރަން ފެށި އުޅަނދުގައި ތިން ވޯޓާ ޖެޓް އަޅާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމުގެ ސަަބަބުން އުޅަނދުގެ ދުވެލި ބާރުވެ މެނޫވާ ކުރުމަށް ކުރުމަށް ފަސޭހަވެ ކުރީގެ އުޅަނދަށް ވުރެ މިއުޅަނދުގައި ތެޔޮ ބޭނުންކުރާ މިންވަރު މަދުވުމުން އޮޕަރޭޝަންތަކަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މެރިޓައިމް ސެކިއުރިޓީގެ މުހިއްމު ކަން ފާހަގަ ކުރައްވައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން އާދަޔާ ހިލާފަށް މަސްވެެރިކަން ކުރުމާއި ޑްރަގާއި ހަތިޔާރާއި އިންސާނީ ވަގުފާރީގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުމަކީ ދިވެހި ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ ގުޅުން ކަމުގައި ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: