ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެނައުމަށް ނިންމެވިކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކައެއް: އަދާލަތު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެނައުމަށް ނިންމެވިކަމަށް ބުނެ ދެކެވެނީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ޗާގޮސްގެ މައްސަލައިގައި އިޓްލޮސްއިން ދިވެހިރާއްޖެ އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުމާއި ގުޅިގެން އަދާލަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަށަވަރު ކުރެވި ދިވެހި މަސްކަނޑުތަކާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުމާއި ގުޅިގެން އިިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އިޝްތިޝާރީ ލަފާގެ އަލުން އދ އަށް ހުށަހެޅިއްޖެނަމަ، ސަރަހައްދާ ބެހޭގޮތުން ރާއްޖެއިން ކުރާ ދައުވާ ދޫކޮށްނުލައި، މޮރިޝަސް އަށް ތާއީދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުންކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ބުނުމެއް ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

އިޓްލޮސްއިން ބަލަމުން އައި މައްސަލައެއްގައި މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް ހިނގުމާމެދު ދިވެހިރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލް އިން ގޮތެއް ކަނޑައަޅާފައިވާ ކަމަށްވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައި ބެލެވޭނީ ރާއްޖޭގެ ބޭސްލައިން އިން ފެށިގެން 12 ނޯޓިކަލް މޭލް ހިމެނޭ ސަރަހައްދަށް ކަމަށާއި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ގަބޫލުކުރާ ނިންމުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމި ނިންމުމެއް ނޫންކަމަށް އަދާލަތުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ އާއްމު އުސޫލުން ބަލާނަމަ، ދެންނެވުނު ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަހައްދެއްކަމަށް ވިއަސް، އުތުރާއި ދެކުނުގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ އެހެނިހެން ސިޔާދަތީ ބާރުތައް އޮތުމުން އެ ސަރަހައްދުތަކުގައި ވަނީ އިތުރަށް އިން ކުރެވިފައެވެ. އެގޮތުން އިންޑިއާ އާއި ސްރީލަންކާ އާއި ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިގްތިސާދީ ސަރަހައްދާ މެދު އެއްބަސްވުމަކަށް އާދެވިފައިވި ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ އަތްދަށުގައި ފޯޅަވައްސާ ރާއްޖެއާއި ދެމެދު އޮތް ސަރަހައްދެއްގައި ދެގައުމުގެ އިން ރަސްމީކޮށް ކަނޑައަޅާފައިނުވާ ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ދިވެހިރާއްޖޭގެ ހައްގު އިތުރަށް ކަށަވަރުކުރެވި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދިވެހިންނަށް ހާއްސަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެން ދިޔަ އިތުރު ބާރެއްކަމަށް އަދާލަތުން ވަނީ ބުނެފައެވެ. އެހެންކަމުން ރާއްޖެއާއި މޮރިޝަސް އާއި ދެމެދު އުފެދިފައިވާ ހިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުނު ހަމަތަކަކީ ރާއްޖޭގެ ގާނޫނުތައް ފުށުއަރާ ހަމަތަކެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބައިނަލްއަގްވާމީ ގާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިއުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީ އެއް ކަމަށް ދެކޭ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: