ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ހަދިޔާފޮށީގެ އިނާމްތައް ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އުރީދޫ އިން ކުރިއަށްގެންދިޔަ ހަދިޔާ ފޮށީގެ އިނާމްތައް ކަސްޓަމަރުންނާއި ހަވާލްކޮށްފިއެވެ.

ހަދިޔާ ފޮށިން އިނާމް ލިބުނު ފަރާތްތަކާ އިނާމް ހަވާލުކޮށްފައިވަނީ އުރީދޫ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އުރީދޫ ހަދިޔާ ފޮށި މެދުވެރިކޮށް ކަސްޓަމަރުންނަށް އަގުހުރި އެތަކެއް އިނާމުތައް ލިބިގެން ގޮސްފައިވާއިރު އޭގެ ތެރޭގައި ސްކޫޕީ ސައިކަލާއި، އެޕަލް ޓީވީ އާއި އެޕަލް އެއަރ ޓެގް ގެ އިތުރުން އެޕަލް އައިފޯން 14 ޕްރޯ މެކްސް ހިމެނެއެވެ.

ހަދިޔާ ފޮށީގެ ހަދިޔާތައް ހަވާލްކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ހަދިޔާފޮއްޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެފަދަ ގޭމެއް ތައްޔާރުކޮށް ގެނެސްދީފައިވަނީ ކަސްޓަމަރުންނަށް އަގުހުރި އިނާމްތަކެއް ލިބުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

އުރީދޫގެ ހަދިޔާ ފޮއްޓަކީ ރޯދަމަހު އުރީދޫ އެޕް މެދުވެރިކޮށް ތައާރަފް ކުރެވިގެންދިޔަ ގޭމެކެވެ. އިނާމްތަކުގެ އިތުރުން ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން ހިލޭ އެއްޖީބީ ޑޭޓާ އުރީދޫގެ ކަސްޓަމަރުންނަށް ވަނީ ލިބިގެން ގޮސްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: