ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުނައްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ޗާގޮސްގެ ސިޔާދަތީބާރު ދޫނުކުރިނަމަ އިކުއިޑިސްޓެންސްކޮށް ބަހާކަށް ނުޖެހޭނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ ސިޔާދަތީ ބާރު ދޫކުރިނަމަ އިކުއިޑިސްޓެންސް ކޮށް ބަހަން ނުޖެހޭނެ ކަމަށާއި ބައިލެޓްރަލް އެގްރީމެންޓަކުން ބޯޑަރު ކަނޑަައަޅަން އަދި ފުށުއަރާ ސަރަހައްދުގެ ވާހަކަ ނުގެނެސް މޮރިޝަސް އެއްބަސްވީމަ ސިޔާދަތީ ބާރުގެ ވާހަކައިގައި ދޫ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރަށް ޝުކުރު ދަންނަވާފައެވެ.

 

ރައީސް ނަޝީދު މުނައްވަރަށް ޝުކުރު އަދާ ކުރައްވާފައިވަނީ ޗާގޮސްގެ މައްސަލައިގައި މިއަދު ހަވީރު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ އިތުރުން ސިޔާސީ ޕާޓީތަކުން ޕްރެސް ކޮންފަރެންސް އެއް ބާއްވާފައި ވަނިކޮށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު އެންމެ ބޮޑު ސުވާލެއް އުފެއްދީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީއެއް ފޮނުވަން ޖެހުނު ސަބަބާއި ގުޅޭގޮތުންނެވެ. ކުއްލި ގޮތަކަށް، އެފަދަ މޭރުމަކުން އެންގުމެއް ފޮނުވާނީ އޭގެ ފަހަތުގައި ސިއްރުތަކެއް އެކުލެވޭތީކަމަށް މުނައްވަރު ތުހުމަތު ކުރެއްވިއެވެ.

ނުސީދާ ގޮތެއްގައި، އެކަމުގައި އަވައްޓެރި އިންޑިއާގެ ނުފޫޒެއް ނުވަތަ ކޮންމެވެސް އެއް ސިފައެއްގައި ބައިވެރިވުމެއް ވާނެކަމަށް ތުހުމަތު ކުރައްވައި މުނައްވަރު ވިދާޅުވީ ފަހަރުގައި އެއީ އެގޮތުގެ މަތީން ދިޔަ ސިޓީއަކަށްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މުނައްވަރު ވަނީ، ސިޓީގައި ބަޔާންކޮށްފައިވާ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާއަށް ފަހުމު ވޭތޯ ވެސް ސުވާލު ކުރައްވާފަ އެވެ. ނުވަތަ ބަޔަކު ގެންނަ ލިއުމެއްގައި ސޮއި ކުރެއްވިއިރު އޭގައި ވަނީ ކޮން ވާހަކަކެއްކަން އެނގިވަޑައިނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސަރުކާރުގެ އިސްވެރިންނާއި ސުވާލު ކުރެވުނެވެ.

އެކަމަކު ޖަވާބުގައި ސަރުކާރުން ބުނަމުން ދިޔައީ ދެ ގައުމެއްގެ އިސްވެރިންގެ ދެމެދު ބަދަލު ކުރެވޭ ސިޓީއާއި ލިޔެކިއުންތައް ހާމަ ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީތައް އާއްމު ކުރުމަކީ އަމަލު ކުރެވޭނެ ގޮތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: