ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ބޯޓުން ދަތުރުކުރި އެންމެން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އެމްވީ ސަވާރީ ބޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މެންދަމު މާލެއިން ފުރައިގެން ވ ފެލިދޫ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު އެމް ސަވާރީ ބޯޓުގެ ހަ މީހުން ފެނިއްޖެއެވެ.

އެމް ސަވާރީ ބޯޓުން ދަތުރުކުރި ހަ މީހުން ސަލާމަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުންނެވެ.

އެމްއެންޑީއެފުން ސަވާރީ ބޯޓް ހޯދުމަށް ހިންގަމުންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ބޯޓުން ދަތުރުކުރަމުންދިޔަ ހުރިހާ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ސަވާރީ ބޯޓުން ދަތުރު ކުރަމުންދިޔަ ފަޅުވެރިން ފެނިފައިވަނީ ކޯސްޓްގާޑުން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ޑޯނިޔާ އެއަރ ކްރާފްޓަކަށެވެ. އެމީހުން ވަނީ ކޯސްޓްގާޑް ޝިޕް ޣާޒީ މެދުވެރިކޮށް މާލެގެނެސްފައި ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ބޯޓްގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި ގެއްލުނު ބޯޓް މިހާރު އަޑިއަށްގޮސްފައިވާ ކަމަށްވެސް ކެޕްޓަން ވަނީ ބުނެފައެވެ.

އެމްވީ ސަވާރީ ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ގައި ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: