ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން، އެ ނޫން ނަންތައް ފަތުރަނީ ފިތުނަ އުފައްދަން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށާއި، މިއާއި ހިލާފަށް ފަތުރަމުން ދަނީ ފިތުނަވެރިކަންކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ ޕާޓީގެ ޓިކެޓުގައި ރައީސް ޔާމީނަށް ވާދަކުރެވިދާނެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެކަމަށް ނިންމައި، ޕާޓީގެ ތެރޭގައި ޓިކެޓުގެ ވާދަވެރިކަން އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި، ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕާޓީގެ ތެރެއިން ވަކި ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އަޑުތައް ފެތުރުނީ ވަރަށް ފަހުންނެވެ. އަދި ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ނަންތައް ވެސް އެގޮތުން ތިލަވެފައިވާއިރު އެ ވާހަކަތައް ޕާޓީން ދޮގު ކުރެ އެވެ. އެ ތުހުމަތުތައް ދޮގުކޮށް އެންމެ ފަހުން ވެސް އިދިކޮޅުން ބުނީ، މިއަދާއި ހަމައަށް ވެސް ޕާޓީގެ ލީޑާޝިޕް ދެމިއޮތީ ރައީސް ޔާމީނާއި އެކުކަމަށެވެ. އަދި އެ އިހުލާސްތެރިކަން އަބަދުވެސް ދަމަހައްޓާނެކަން ފާހަގަކޮށް ބުނެފައި ވަނީ، ރައީސް ޔާމީން ނޫން އިތުރު އެއްވެސް ނަމަކަށް އެއްވެސް ސިފައެއްގައި ވާހަކަ ދެކެވިފައި ނުވާނެކަމަށެވެ.

އިދިކޮޅުގެ އެތެރޭގައި މައްސަލަތައް އުފެދިފައިވާކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މުއިއްޒު ވިދާޅުވީ  ޕީޕީއެމް ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. މިއާއި ހިލާފަށް އޭނާއާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ހަގީގަތެއް ނޫންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހަބަރު އިވުމުން އެ ހަބަރުގެ ތެދު ހަގީގަތް ނުބަލައި ފެތުރުމަކީ ފިތުނަވެރިކަމެއްކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށާއި، ކާމިޔާބީ ހޯދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ނަންގަވާ ސަލާމަތުގެ އައްސޭރިއަކަށް ގެންދަވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑްރިން އާއި، ރިޝްވަތުގެ ކުށުގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް އިދިކޮޅުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނިހާއީ ހުކުމެއް ނެތުމާއި އެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެކަމުގެ ޔަގީންކަމާއި އެކު އިދިކޮޅުގެ ލީޑާޝިޕް އޮތް ނަމަވެސް ފުރުސަތު ގެއްލިއްޖެ ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތަކާއި މެދު ޕާޓީގެ ތެރޭގައި ދެބަސްވުންތަކެއް އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ރިޔާސީ ޓިކެޓު ހޯދުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތު ކުރެވި، އެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: