ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާސިރުވެސް ވަނީ އިން ވަކިކުރުމާއި ބެހޭ ހުރިހާ އެއްބަސްވުމެއް ދުނިޔެއަށް ހާމަކޮށްފައި: ޑރ ޝަހީދު

ކުރީގެ ހާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ސިއްރުކޮށް ވެރިކަން ކުރެއްވި ރައީސް މަރުހޫމް އިބްރާހިމް ނާސިރުވެސް ވަނީ އިން ވަކިކުރުމުގެ އެއްބަސްވުން މުޅި ދުނިޔެއަށް އދ މެދުވެރިކޮށް ހާމަކުރައްވާފައި ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާރިޖިއްޔާ އިން މޮރިޝަސް އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުއްވި ސިޓީ ހާމަކުރުމަށް ދެކޮޅު ހަދަމުން ދާތީ އެ ސިޓީ ހާމަކުރުމަށް ޝަހީދު ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަގްވާމީ ޓްރައިބިއުނަލުގައި އޮތް މައްސަލައަކާ ގުޅުންހުރި ކަމެއްގައި ބަދަލުކުރެވޭ ލިޔެކިޔުން އާއްމު ކުރުމަށް ޑިޕްލޮމެޓިކް ޕްރެކްޓިސް ހިތްވަރުދޭ ކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

ޑރ ޝަހީދު މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު  ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުވާ ސިޓީއެއް ހާމަކުރާނަމަ ދެގައުމެއްގެ ދެމެދުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން ބޭނުންވި ގޮތަށް އިޓްލޮސް އިން ނިންމި ނިންމުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ބައިނަލްއަގްވާމީ އުސޫލުތައް ބަލައިގަނެ އެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށެވެ. އެގޮތުން ދެގައުމުގެ މެދުގައި ހިނގާ މުއާމަލާތްތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޗާގޯސް އަކީ މޮރިޝަސްއަށް މިލްކުވެރިކަން ލިބެން ޖެހޭ އަތޮޅެއް ނޫން ކަމަށް ޒަމާނުއްސުރެ ދިވެހި ސަރުކާރުން ބުނަމުން އައި ނަމަވެސް ރައީސް ސޯލިހް ވަނީ އެނިންމުން ބަދަލުކޮށް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ އަތޮޅެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ އާއްމު ކުރަން އެކި ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް ސަރުކާރުން ދަނީ ސިޓީ އާއްމު ކުރަން ދެކޮޅު ހަދަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން އިއްޔެ ކުރި ހުކުމްގައި ކޮންމެވެސް ވަރަކަށް އޭގައި ސިޓީގައި ހުރި ވާހަކަތައް އެބަހުރިއެވެ.

ޗާގޯސްގެ މައްސަލާގައި އދ. ގައި 2019 ވަނަ އަހަރު ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށްވާތީ އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެ އަކީ އިސްތިއުމާރު ކުރުމަށް ތާއީދު ކުރާ ގައުމެއް ނޫން ކަމަށާއި އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: