ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލައިގެ ތަހުގީގަށް މަމްދޫހްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކޭޕާކް މަޝްރޫއު ހިންގާ ހަމްބޯޓެކް ކޮރެއާ އިން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ކޭޕާކް މަޝްރޫއު ހިންގުމަށް ހަމްބޯޓެކް ކޮރެއާ އިން އުފެއްދި ކުންފުނި ހަމްބޯ މޯލްޑިވްސްގެ 95 އިންސައްތަ ހިއްސާ އޮންނަނީ ކުންފުނީގެ އެމްޑީ ޖިން ޗިހޫ އަތުގައެވެ. ބާކީ ފަސް އިންސައްތަ އޮންނަނީ މަމްދޫހް އަތުގައެވެ.

ހަމްބޯގެ މައި ކުންފުނިން ނެރުނު ބަޔާނެއްގައިވަނީ މަމްދޫހާއި އޭނާގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދު، ގިނަ އަދަދެއްގެ ބަޔަކަށް މަކަރުހަދައި އޮޅުވާލައިގެން އެޕާޓްމަންޓްތައް ވިއްކައި ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމުގެ ސަބަބުން މަމްދޫހާ އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑައި އޭނާ އާއި އެކު މަކަރާއި ހީލަތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިދިނުމަށް އެދި ހަމްބޯ އިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ހަމްބޯއިން ބުނި ގޮތުގައި އެކުންފުނީގެ ފަރާތުން ފާސްކޮށް އެޕާޓްމަންޓްތައް ވިއްކުމުގެ ބާރު އެއްވެސް މީހަކަށް ދީފައިނުވަނީސް މަމްދޫހް ވަނީ، ނުއަގުގައި އޮޅުވާލައިގެން ގިނަ ބަޔަކަށް އެޕާޓްމަންޓްތައް ވިއްކާފައެވެ.

އެމައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގައި މައްސަލަ ބަލައިދިނުމަށް އަރބަންކޯ އިން ވެސް ވަނީ ފުލުހުގައި އެދިފައެވެ.

ކޭޕާކް މައްސަލައިގައި އަރބަންކޯ އިން ބުނެފައިވަނީ ކޭޕާކް ރެސިޑެންސް އެޕާޓްމަންޓްތައް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް ކޮރެއާގެ ހަމްބޯޓެކް ކޮރެއާ ކުންފުނިން ފުލުހުންނަށް ހުށަހެޅި މައްސަލަގައި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: