ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ  ކުޑަކުދިންގެ ދުވަހާއި ގުޅިގެން ރަައީސް ސާލިހް ވިދާޅުވީ ކުއްޖަކު ތަރުބިއްޔަތު ކުރުމަށް ރަށެއް ބޭނުންވާ ކަމަށެވެ.

ހަމަ އެރޫހުގައި، އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކޮށް، ދިރިއުޅުމުގެ ރަނގަޅު ފެށުމެއް ކަށަވަރުކޮށް، އެންމެ މަތީ ގާބިލްކަމަށް ވާސިލްވުމަށް ތަރުބިއްޔަތު ކުރުމަށްޓަކައި ގައުމެއްގެ ގޮތުގައި މަސައްކަތް ކުރަމާ ހިނގާ

ރައީސް ސާލިހް ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި  އެކުދިން ރައްކާތެރިކޮށް ދިރިއުޅުމުގެ ރަނގަޅު ފެށުމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ސާލިހް ވަނީ އެމަނިކުފާނުގެ ޓްވީޓްގައި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ ކުޑަކުދިންނަށް ރައްދު ކުރައްވާފައެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު ވެސް ވަނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

ފަޒްނާގެ މެސެޖްގައި ވިދާޅުވީ ބަސްބުނުމުގެ ޙައްޤާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމަށެވެ. އަދި ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ފަޒްނާގެ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވި ގޮތުގައި ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. ހަމަ އެފަދައިން އެކަމަނާ ވިދާޅުވިގޮތުގައި ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: