ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ހިދުމަތްތެރިން ޖޭޕީއާއިއެކު ސިޔާސީ ކަމަރު ބެއްނެވުމަށް ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ޕާޓީއާއި އަލަށް ގުޅުން މެންބަރުންނާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއިއެކު ސިޔާސީ ކަމަރު ބެއްނެވުމަށް ރާއްޖޭގައި ތިބި ހިދުމަތްތެރިންގެ އަރިހުން އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ގާސިމް މިހެން ވިދާޅުވީ ނިމިދިޔަ ދައުރުގެ ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައިވާ މަޙްމޫދު އަޙްމަދާއި، އަދި ނިމިދިޔަ ދައުރުގައި ފ. ދަރަބޫދޫ ކައުންސިލުގެ ރައީސް ކަން ކުރައްވާފައިވާ އަލީ މުޙައްމަދާއި ދެ ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވާތީ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

ގާސިމް ވަނީ އެ ދެ ބޭފުޅުން ކުރިން އުޅުއްވި ސިޔާސީ ޕާޓީ ދޫކުރައްވާ، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީތީ ދެބޭފުޅުންނަށްވެސް މަރުޙަބާއާއި ޝުކުރުދަންނަވާފައެވެ.

ގާސިމް އެދިލެއްވީ ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ދިރިއުޅުއްވާ މިފަދަ ޚިދުމަތްތެރީން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖުމްހޫރީ ޕާޓީއާއިއެކު ސިޔާސީ ކަމަރު ބަންނަވާ، އެ ޕާޓީއާއިއެކު ރިޔާސީ ދަތުރު ގައި ބައިވެރިވުމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: