ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގެ ކުލި 7،500 ރުފިޔާ އިން 6،300 ރުފިޔާއަށް ލުއިކޮށްދީފި

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަމުން އަންނަ 7،500 ރުފިޔާ އިން 6،300 ރުފިޔާއަށް ލުއިކޮށް، ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު 7 އަހަރަށް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެންމެ ފުރަތަމަ ކުލީގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައި އޮތީ މަހަކު 10،500 ރުފިޔާ ނެގުމަށް ނަމަވެސް، ސަރުކާރުން ރައްޔިތުންގެ އަޑު އަހައި، މަހަކު ދައްކަން ޖެހޭ ކުލި 7،500 ރުފިޔާއަށް ކުޑަކޮށްދީފައި ވާނެކަމަށެވެ.

ހަތް އަހަރު ވަންދެން ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 5،300ރ. އާ ކަމަށާއި ހަތް އަހަރު ނިމުމުން 7،500ރ. ދައްކަން ޖެހޭނެކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިންނެވި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ވިދާޅުވީ، ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ ވަރު ކުޑަކުރި ނަމަވެސް، މެއިންޓެނަންސް ފީ އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

ނަމަވެސް މެއިންޓަނަންސް ފީއާއިއެކު މި އަދަދު 6،300 އަރައެވެ.

އެހެންކަމުން 25 އަހަރުގެ ތެރޭ ފްލެޓަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުރިން ބަހާލާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 27 އަހަރަށް ބަހާލައިފައެވެ.

ކުލި ކުޑަކުރި ސަބަބާއި ގުޅިގެން އަރބަންކޯއިން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ފްލެޓްތަކުގެ ފިނިޝިންގ އަށް ލޯނާއި އެހެނިހެން ގޮތްގޮތުން ބޮޑު ހޭދައެއް ކުރަންޖެހިފައި އޮތުމާއި، އެލޯނުތައް އަދާކުރަމުން ކުލީގެ ގޮތުގައި 7،500 ރުފިޔާ ދެއްކުމަކީ ހިޔާފްލެޓް ލިބިފައިވާ ފަރާތްތަކަށް މާލީ ގޮތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއްކަމަށްވާތީ، އެބުރަ ލުއިކޮށްދެވޭނެ ގޮތެއް ހޯދުންކަމަށެވެ.

އާތިފް ވިދާޅުވީ ގޮތުގައި ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އުފުލަންޖެހޭ މާލީ ބުރަތަކާއި ގުޅޭ ގޮތުން އަރބަންކޯއިން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވަނީ އެވެރެޖް ގޮތެއްގައި ހިޔާ ފްލެޓުގެ ފިނިޝިންގ ނިންމުމަށް 130،000 ރުފިޔާ ފްލެޓު ލިބުނު ފަރާތްތަކުން ހަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: