ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފި

ޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ ހަރު ކުރަން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި 700 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށްފި ކަމަށް ހައުސިންޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް H13 އިން  ފެށިގެން H16  އާ ހަމައަށް 768 ސެކިއުރިޓީ ކެމެރާ ހަރުކޮށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 192 ކެމެރާއެވެ.

ބާކީ ހުރި 12 ޓަވަރުގައި ވެސް ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ހުރިހާ ޓަވަރުތަކެއްގައި ކެމެރާ ހަރުކޮށް ނިމޭއިރު އެ ސަރަހައްދުގައި 3000 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ އޮޕަރޭޓް ކުރާނެއެވެ.

ހިޔާ ފްލެޓްތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު މީހުން ދިރިއުޅެން ފެށިއިރު، އެންމެ ބޮޑު ޝަކުވާއަކަށް ވީ ސެކިއުރިޓީއާ ގުޅޭ ކަންކަމެވެ. އެހެންވެ، އެޗްޑީސީން ވަނީ އެ ތަނުގެ ސެކިއުރިޓީ ކަންކަން ވަށި ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ މުވައްޒަފުން އަންނަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ އާއި ބޭސްމަންޓުގައި ހަދާފައި ހުރި ޕާކިން އޭރިގައި ހަރަކާތްތެރި ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: