ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ޓަވަރެއްގެ ލިފްޓު މަރާމާތުކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ ތެރެއިން ތިން ފްލެޓެއްގެ މަރާމާތުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހިޔާ ފްލެޓްތަކުގެ ތެރެއިން 8 ވަނަ ޓަވަރުގެ އެލް4، 9 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ އެލް2 މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިތިން ލިފްޓުގެ މަރާމާތަށް ބޭނުންވާ ސްޕެއަރޕާޓްސް ލިބުމުން މަސައްކަތް ފަށައި ހަފްތާއެއްހާ ދުވަހުގެ ތެރޭ މަސައްކަތް ނިންމާލެވޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މަރާމާތުކުރުމަށް ތިން ލިފްޓުގެ ހިދުމަތްވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ހިޔާ ފްލެޓުގެ ލިފްޓު ސަރަހައްދުގައި ތޮއްޖެހޭތީ ލޮބީ އޭރިއާ ބޮޑު ކުރުމުގެ މަސައްކަތްވެސް އެޗްޑީސީއިން ވަނީ ފަށާފައެވެ. ޕީކް ގަޑިތަކުގައި ލިފްޓް އޭރިއާގައި ތޮއްޖެހޭ ކަމުގެ ޝަކުވާތައް ވަރަށް ގިނައިން ފެންމަތިވެއެވެ. އަދި ބައެއް ލިފްޓުތަކުގައި މައްސަލަޖެހޭތާ އެތައް ދުވަހެއްވާއިރުވެސް އެކަންކަމަށް އެޓެންޑްނުވާ ކަމަށްވެސް ފްލެޓުތަކުގައި ދިރިއުޅެމުންދާ މީހުން ބުނަމުންދެއެވެ.

ފްލެޓުްތަކުގެ ފިނިޝިން މަސައްކަތް ނިންމައި ގިނަ ބަޔަކު މިހާރު ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި ބައެއް އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތް ނިންމައި މިހާރުވެސް އާއިލާތަކުން ބަދަލުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: