ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތައް ކައިރީ ކާބޯތަކެތި ނުވިއްކުމަށް އަންގައިފި

ހިޔާ ފްލެޓްތައް ހިމެނޭ ސަރަަހައްދުގައި ޕިކަޕެއްގައި ހެދިކާ ވިއްކަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ކައިރީ ކާބޯތަކެތި ވިއްކުން ހުއްޓާލައި ތަން ސާފުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސި) އިން އަންގައިފިއެވެ.

މިކަން ހުއްޓުވަން ޖެހުނު ސަބަބެއްކަމަށް އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ކޮންސްޓަރަކްޝަންގެ ގިނަ މަަސައްކަތްތަކެއް ކުރިޔަށް ދާއިރު ކާބޯތަކެތި އެފަދައިން ބަހައްޓާފައި ހުރުމުގެ ސަބަބުން އޭގައި ހުންނަން ޖެހޭ ސާފުތާހިރުކަން ނެތުމެވެ. މީގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުންގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ލިބެމުންދާކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދުގައި ކާބޯތަކެތީގެ ވިޔަފާރިތައް ކުރަމުން ދަނީ ނަގަން ޖެހޭ އެއްވެސް ހުއްދައެއް ނުނަގައިކަމަށް އެޗްޑީސީގެ ބަޔާނުގައި ވެއެވެ. އެހެން ކަމުން އެ ސަރަހައްދުގައި ބަހައްޓާފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ގާޑިޔާ ތަކާއި މޭޒުތައް މި މަހުގެ 10 އެއްގެ ކުރިން ނަގައި ހުސްކޮށް އެ ސަރަހައްދު ހުސް ކުރުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ.

އަދި އަންގާފައިވާ ތާރީހުގެ ފަހުން ވެސް ތަކެތި ހުސް ނުކުރާނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި ހަވީރު ވަގުތު ހެދިކާ ވިއްކުމުގެ ވިޔަފާރި ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: