ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު

ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024 ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރެޖިސްޓަރކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ޤައުމީ މުއައްސަސާއެވެ. މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ކުންފުނިން ބުނެއެވެ.

އެ އެސޯސިއޭޝަނުން މިހާރު ދަނީ 2 ވަނަ އިންޓަނޭޝަނަލް ރޯލާރ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ. ދިރާގުން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ މެއި މަހުގެ 11 އިން 13 އަށް މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވާނެއެވެ.

“ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ، ރޯލާރ ސްކޭޓިންގ ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ޤައުމީ ފެންވަރުގެ އެތުލީޓުން ތަޢާރަފް ކުރުން،”
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
“މުޖުތަމަޢުގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން. މި ޕާޓްނަރޝިޕް މެދުވެރިކޮށް އެ ކުންފުންޏާއި ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،”

ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: