ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަށް ހެޔޮ ބަހެެއް ބުނަނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ހެޔޮ ބަހެއް ބުނަނީ ސިޔާސީ ވަޒީފާތަކުގައި ތިބި މަދު ބައެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ބައެއް ދިވެހިން ތިބީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭކަށް ނޫން ކަމަށެވެ.

 

އާޒިމް އަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ފިކުރެއްގެ ދިރުމަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރެކެވެ. ފިކުރެއްގެ ދިރުމުން ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތް ތަކެއް ކުރަމުން ގެންދާއިރު ދާދިފަހުން ޗާގޮސްގެ މައްސަލަ އާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސާލިހް އަޒުލު ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައެވެ. ފިކުރެއްގެ ދިރުމުގެ ފަރާތުން އެކަމުގައި ބައިވެރިވެ އާޒިމް  ބުނެފައިވަނީ ރައީސް އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހަޅަނީ އެ ފެކްޝަންގެ ތާއީދާއި އެކުގައި ކަަމަށެވެ.

އާޒިމް އާއި ފިކުރެއްގެ ދިރުމަށް ރައީސް ސާލިހްގެ ފެކްޝަންގެ ފަރާތުން ބަހުގެ ހަމަލާތައް އަމާޒުވެފައިވާއިރު، ދާދި ފަހުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ވިޕްލައިން އާއި ހިލާފުވެގެން މީގެ ކުރިންވެސް ވަނީ ބައެއް މެމްބަރުންނަށް ފިޔަވަޅު އަޅާފައެވެ. ޕާޓީގެ ފަރާތުން މެމްބަރުންނަށް އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި ނަސޭހަތް ތެރި ވުމާއި، ޕާޓީގެ ހަރަކާތްތަކުން އެކަހެރި ކުރުމާއި އެތެެރޭގެ އިންތިހާބު ތަކުަގައި ވާދަ ނުކުރެވޭ ގޮތް ހެދުމުގެ އިތުުރުން ޕާޓީން ވަކި ކުރުން ހިމެނެއެވެ.

ޗާގޮސްގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު ހިމެނޭހެން ރައީސް އާއި ހާރިޖީ ވަޒީރުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވަނީ ހުސްވި ހަފްތާގެ ތެރޭގައެވެ. އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެކަމުގައި ވީހާ ގިނަ މެމްބަރުން ބައިވެރި ވުމަށް އެދޭ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ ޒިންމާ އަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ކަމަށާއި ނަމަވެސް ބަންޑާރަ ނައިބު ރައްޔިތުންގެ ހައްގު އެހެން ބަޔަކަށް ޓަކައި ގުރުބާން ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިބެ އެހެން ޕާޓީއަކާ އެކު މަސައްކަތް ކުރުމަކީ ޕާޓީގެ މެމްބަރުކަން ގެއްލޭ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: