ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ހޯދުމަށް އިނގިރޭސިންނާ މަޝްވަރާ ކުރަން ނަޝީދު ގޮވާލައްވައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން ވާހަކަ ދައްކަންވީ އިނގިރޭސިވިލާތާ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ޗާގޮސްގެ ސިޔާދަތީ ބާރު  ހޯދުމަށް އިނގިރޭސިވިލާތާ އެކު މަޝްވަރާ ކުރުމަށް ވިދާޅުވެ ތިން ކަމެއް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ނަޝީދުގެ މެސެޖްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިސްބަތްކޮށް 2 ވާހަކަ އެއް ވިދާޅުވެފައިވެއެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޗާގޮސް މައްސަލައިގައި އެމަނިކުފާނު ކިތަންމެ ގޯހެއް ހައްދަވާފައިވީ ނަމަވެސް އެ ގޯސް އިތުރަށް ރައީސުލްޖުމްހޫރިއްޔާ ހައްދަވަން ބާރުނާޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދެވަނަ ކަމަކަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނު އެއް އިރެއްގައިވެސް އިކުއިޑިސްޓެންޓް ކޮށް ބަހަން އެއްބަސްނުވާ ކަމަށާއި އެކަމިކުފާނު ވިދާޅުވީ 2 ގައުމު ދެމެދު މަޝްވަރާކޮށް ބައިލެޓްރަލް އެގްރީމެންޓެއް ހެދުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޗާގޮސްގައި އިނގިރޭސިން ތިބޭއިރު އެ ސަހަރައްދުގެ ކަނޑުގައި މަސްވެރިކަން ކުރުން މަނާކުރުމާއި ޗާގޮސްގައި އިނގިރޭސިން ތިބޭއިރު، ރާއްޖޭގެ ބޯޑަރު ކުރިންވެސް އޮތް ގޮތަށް ބޭނުންކުރެވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެ މެސެޖްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ނިސްބަތްކޮށް ވިދާޅުވެފައިވަނީ ހަތިޔާރާއެކު އެތަނުގައި (ޗާގޮސްގައި) އިނގިރޭސިން ތިބޭތާ 250 އަހަރުވެފައިވާ ކަމަށާއި އަދި އެމީހުން އެތަނުން ނުފައިބާނެ ކަމަށް ބުނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުއެވެ.

އިޓްލޮސްގެ ނިންމުމަށް އަމަލުކުރަން ނުޖެހޭ ކަމަށާއި އެ ނިންމުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވެސް ވަނީ އިޓްލޮސްގެ ނިންމުމަށް ފާޑު ވިދާޅުވެ ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށާއި އެބައި ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: