ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް އެމްޑީޕީން ވަކިކޮށްފި

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފިއެވެ.

އާޒިމް ވަކިކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އާޒިމް އަށް ފިޔަވަޅު އަޅަން ނިންމައި އެކަން އޭނާއަށް އަންގާފައިވަނިކޮށެވެ.

އާޒިމް ވަނީ އޭނާއާއި ދޭތެރޭ ފިޔަވަޅެއް އަޅަން ހިތަށް އެރުވުމަކީ ނުވަތަ ވިސްނުމަކީ ކުށެއް ކަމަށް ބުނެފައެވެ.

އާޒިމް އެމްޑީޕީން ވަކިކޮށްފައިވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމަކަށް ފަހުގައެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓަރ ހޭލްޑްލް އިން ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް މިރޭ  ކުރިއަށްދާކަން ހާމަކޮށް ފޮޓޯތަކެއް އާއްމުކޮށްފައިވެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ފިކުރެއްގެ ދިރުމުގައި އުޅުއްވާ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސިޓީތަކެއް ލިބިފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އެޅުމަށް އެދިފައިވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އާޒިމް ވަކި ކުރިއިރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ މެމްބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި އެމްޑީޕީ އަލުން އަނބުރާ ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުން ޗާގޮސްގެ މައްސަލައިގައި ކަނޑު ވިއްކާލައިފި ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ބަންޑާރަ ނައިބާއި ރައީސް ސާލިހް ގެ އިތުބާރު ނެތް ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އުމަރު ނަސީރުގެ ޓީމު ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި ރޭ ކުރީގެ ބަންދާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި، ޑރ. މުހައްމަދު މުނައްވަރު ހިމެނޭހެން ކޯލިޝަނުގެ ދެވަނަ ޕްރެސް ވަނީ ބާއްވާފަ އެވެ.

މިވަގުތު ސާފު ނުވެ އޮތީ، މި މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތަކާއި ގުޅޭގޮތުންނެވެ. ދާދިފަހުން ރާއްޖޭގެ މީޑިއާއަކުން ރިފްއަތުއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓްލޮސްގެ ނިންމުމަކީ ނިހާއީ ހުކުމަކަށްވުމާއި އެކު އެ ނިންމުމަށް ބަދަލު ގެނެވޭނެ އެއްވެސް ގޮތެއް ނުވަތަ އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

އެކަމަކު، އޭގެ ރައްދުގައި އާޒިމާ ވިދާޅުވެފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ނިންމާލެއްވިއިރު އެ ޓްރައިބިއުނަލްގައި އިޖުރާއީ އުސޫލުތަކާއި ހުކުމްތައް ރިފްއަތަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން ޓްރައިބިއުނަލްގެ އިޖުރާއީ އުސޫލުތައް ހިއްސާ ކުރެއްވިއިރު އުސޫލުގެ 126 ވަނަ މާއްދާ ވަނީ އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: