ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުންގެ ތުހުމަތު ނަޝީދަށް؛ ”ފްލޯޓިން ސިޓީގެ ލާރިކައި، ވިއްކާލީ 19 މިލިއަން ޔޫރޯއަށް“

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލޯޓިން ސިޓީގެ ޕްރޮޖެކްޓަށް އާއިލީ ކުންފުނިތަކަށް ފަޅުތައް ނެންގެވުމަށް ފަހު 19 މިލިއަން ޔޫރޯއަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ފަޅުތައް ވިއްކާލާފައިވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އަނެއްކާވެސް ގޯސްވީ، ރާއްޖެ – މޮރިޝަސް އިން ވަކި ކުރުމުގައި ގެއްލުންވާ ގޮތަށް އިޓްލޮސްގައި ނިމިގެން ދިޔައީ ސަރުކާރުން ހެދި ސިއްރު ޑީލްތަކެއްގެ ސަބަބުންކަމަށް ބުނެ ރައީސް ނަޝީދާއި އަރިސް މެމްބަރުން ކުރަމުންދާ މަސައްކަތާއި އެކު އެވެ. އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެ ފެކްޝަނުގެ މެމްބަރުން ސޮއި ކުރާނެކަމަށް ހާމަކަން ބޮޑުގޮތަކަށް ބުނަމުން ދާތީ އެމްޑީޕީން ވަނީ ބަޔާނެއް އާއްމުކޮށް ފަހު، އެ މެމްބަރުންގެ މައްސަލަ ބަލައި ވަގުތުން ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ.

މި ދެ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގުރޫޕުގައި، ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ ރައްދު ކުރެވެމުންނެވެ. ރައީސް ނަޝީދަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، އަނދުން ހުސެއިން ފޮނުވި މެސެޖެއްގައި ވަނީ އެމަނިކުފާނު ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމަށް ބިރު ދައްކައި އާއިލީ ކުންފުންޏަކަށް ތިލަފުށީ ވޭސްޓް އެނާޖީ ޕްރޮޖެކްޓުގެ ކޮންސަލްޓެންސީ ނަގާފައިވާ ކަމަށެވެ.

މިފަދަ އެތައް މަޝްރޫއަކާއި ޕްރޮޖެކްޓެއް ރައީސް ނަޝީދުގެ އާއިލީ ކުންފުނިތަކުން ނަންގަވައިގެން ހުރިކަން އެއީ އެންމެނަށް އެނގޭކަމެއްގެ ގޮތުގައި އަނދުން ހުސެއިން ވިދާޅުވި އެވެ. އަދި ސޯލާގެ އެތައް ޕްރޮޖެކްޓެއް ވެސް ރައީސް ނަޝީދުގެ އާއިލީ ކުންފުނިތަކަށް ލިބިފައި ވޭ ނޫންތޯ އަނދުން ހުސެއިން ސުވާލު ކުރެއްވި އެވެ.

އަނދުން ހުސެއިން ވަނީ، ރައީސް ނަޝީދު ފްލޯޓިން ސިޓީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއިރު މިހާރު އޭގެ އެއްވެސް މައުލޫމާތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު ހުންނެވީ އެތައް ފަޅެއް ނަންގަވައިގެންކަމަށް ވެސް ވިދާޅުވި އެވެ.

އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދު ފަޅުތައް 19 މިލިއަން ޔޫރޯއަށް ވިއްކާލާފައިވާ ކަމަށެވެ. އަދި ސަރުކާރަށް ލިބެނީ ހަމައެކަނީ ޖީއެސްޓީކަމަށް އޭނާ ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ މޯލްޑިވްސް ކިހާ ބައެއް ތޯ، މިހާރު އެޅި ގެތަކުގެ ދިރިއުޅެމުން ދަނީ… ހާދަ ފަޅެކޭ ނެންގެވީ.. ނުހިއްކާ ފްލޯޓިން ސިޓީ އަޅަން ނެގިހާ ފަޅުތައް ހިއްކާފަ ރިސޯޓު މާކެޓްގަ ވިއްކާލަނީ ތި 19 މިލިއަން ޔޫރޯއަށް ފަޅެއް.. ސަރުކާރަށް ޖީއެސްޓީކޮޅު އެކަނި.. ކޮބައިތޯ ފްލޯޓުވާ ތި ވިދާޅުވި ސިޓީ

ތަކުރާރުކޮށް އަނދުން ހުސެއިން ވަނީ، ރައީސް ނަޝީދު ހުންނެވީ އެ ފައިސާ ނަންގަވައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: