ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމަށް ފަސް އަހަރު ވަންދެން އިންތިހާބުތަކަށް އެމްޑީޕީގެ ޓިކެޓެއް ނުލިބޭނެ

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯީ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުކަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކޮށް، ޕްރައިމެރީއެއްގައި ބައިވެރި ނުވެވޭގޮތަށްކަމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ބުނެފި އެވެ.

ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް، އެހެން ޕާޓީތަކާއި އެކު އަދި އެހެން ސިޔާސީ ފިކުރުތަކާއި އެކު ރައީސް މުހައްމަދު ނަޝީދާއި އަރިސް މެމްބަރުން މަސައްކަތް ކުރަމުން ގެންދާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީގެ ކުރިން ވެސް ދީފައި ވެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕާޓީގެ މެމްބަރަކު ސޮއިކޮށްފި ނަމަ ވަގުތުން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޗާގޮސްގެ މައްސަލައިގައި ކުރަމުން ގެންދާ މަސައްކަތުގައި އާޒިމް ދަނީ އެމްޑީޕީ ތަމްސީލުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ.

އާޒިމް ޕާޓީން ވަކި ކުރުމަށް ނިންމައި އެޅި ފިޔަވަޅުތަކުގެ ތަފްސީލީ ރިޕޯޓު ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން މައްސަލަ ލިބިފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އާޒިމް ހަރަކާތްތެރިވާކަމާއި، އެކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ސަބަބުތަކެއްކަން ފާހަގަކޮށް ފިޔަވަޅު އަޅައިދޭން އެދި ޕާލިމަންޓް ގުރޫޕުގެ ފަރާތުންނެވެ.

ޕީޖީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ އާޒިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވުމެވެ. ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިއުންތައް އަމާޒުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ދެ ފަހަރެއްގެ މަތީން ބައިވެރިވެފައި ވުމެވެ.

އެއީ ޗާގޮސްގެ މައްސަލައިގައި މަޖިލީހުގެ އިދަރާގައި ބޭއްވި ޕްރެސް އާއި، ހޮޓެލް ޖެންގައި ދާދި ފަހުން ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެވެ.

ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަންޑާރަ ނައިބަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، ތަންފިޒު ކުރުމަށް ބޭނުންވާ ކަންކަމުގެ ބިލުތައް ޑްރާފްޓު ކުރާ އިސްވެރިޔާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ އިތުބާރު ނެތްކަމަށް ޕާޓީން ސޮއި ކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާއި މުޅިން ހިލާފުކަމެއްގެ ގޮތުގައި މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ.

މައްސަލަ އެންމެ ބޮޑަށް ބިނާވެގެން ދިޔަ، ދެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާޒިމް ޕާޓީގެ ސިޔާސަތުތަކަށް ނުރުހުންފާޅުކޮށް ވާހަކަ ދެއްކެވިކަމާއި، ރައީސުލްޖުމްހޫރިއްޔާއާއި މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކެވިކަމަށް ރިޕޯޓުގައި ވެއެވެ. ހާއްސަކޮށް އިދިކޮޅުން އިންތިޒާމު ކުރާ މިފަދަ ޕްރެސްއެއްގައި ބައިވެރިވުން އެއީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވުންކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ މެމްބަރުން އިއްތިފާގުވާކަން ފާހަގަކޮށް ބުނެފައި ވަނީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރާއި ދެކޮޅު ހަރަކާތެއްގައި ބައިވެރިވުން އެއީ ޕާޓީގެ މަސްލަހަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިއީ ޕާޓީން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އާޒިމްގެ އަމަލުތަކަށް ބަލައި ޕާޓީން ވަކި ކުރެވިދާނެކަން އަސާސީ ގަވައިދުގެ 19 އާއި، 95 ވަނަ މާއްދާއިން އެނގެން އެބައޮތް ކަމަށެވެ.

ޕާޓީގެ އިސް މެމްބަރުންނާއި، ޕާލިމަންޓު މެމްބަރުންނަކީ ސީނިއާ މެމްބަރުންނަށްވާއިރު އެބޭފުޅުންގެ ފަރާތުން ނަމޫނާ ފެންނަން ޖެހުނު ނަމަވެސް އާޒިމްގެ އަމަލުތަކާއި ވާހަކައިގެ ސަބަބުން ލިބޭ ގެއްލުންތައް ސީރިއަސް ސިފައެއްގައި ބަލަން ޖެހޭކަމަށް ކޮމިޓީގެ ރިޕޯޓުގައި ވެއެވެ. އަދި އެ ސަބަބުތަކަށްޓަކައި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން އަސާސީ ގަވައިދާއި ހިލާފަށް ކުރައްވާ ކަންކަމަކީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭކަން ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: